ދެ ހަފްތާއަށް ފަހު ފުވައްމުލައް އަނެއްކާވެސް މޮނިޓަރިންއަށް

ފުވައްމުލަކު ރިންގް ރޯޑު---

ފުވައްމުލައް ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މިއީ އެރަށް މޮނިޓަރިން އަށް ގެނައި ތިންވަނަ ފަހަރެވެ.

އެންމެ ފަހުން ފުވައްމުލަށް މޮނިޓަރިންއަށް ލީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. މޮނިޓަރިންގައި އޮންނަތާ ތިން މަސް ފަހުން، ފުވައްމުލައް އާންމު ހާލަތަށް ގެނެސްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

https://sun.mv/155130

ނަމަވެސް އޭރު ފުވައްމުލައް އާންމު ހާލަތަށް ގެނައިއިރުވެސް ރަށުތެރެއިން ނަގާ ރޭންޑަމް ސާމްޕަލްތައް ދިޔައީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރު އިބްރާހީމް މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަނެއްކާވެސް ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން އެޗްޕީއޭއިން ރޭގެ ވަގުތެއްގައި އަންގާފައިވާ ކަމަށެވެ.

އަދިވެސް ކޮވިޑް ރަށުތެރޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާއި، މިވަގުތު އެކްޓިވް ކޭސްތައް އުޅެނީ 163 ގައި ކަަމަށް އިބްރާހީމް ވިދާޅުވިއެވެ.

ނަމަވެސް މިވަގުތު އެޑްމިޓްކޮށްގެން އެއްވެސް މީހަކަށް ކޮވިޑަށް ފަރުވާދެމުން ނުދާކަން އޭނާ ފާހަގަކުރިއެވެ.

ރަށް މޮނިޓަރިންނަށް ލުމާއެކު އެޗްޕީއޭގެ ގައިޑްލައިން ތަކާއި އެއްގޮތަށް އިޖްތިމާއީ ރައްކާތެރި ކަމުގެ މިންގަނޑަށް އަމަލު ކުރޭތޯ، ކައުންސިލުން ކަށަވަރު ކުރާނެ ކަމަށް އެފަރާތުން ބުނެއެވެ.

ފުވައްމުލަކު ސިޓީ ނުލާ މިވަގުތު ރާއްޖޭގެ 18 ރަށެއް މޮނިޓަރިންގައި އެބައޮތެވެ.

comment ކޮމެންޓް