ގޫގަލް ޕިކްސެލް 6 އަދި ޕިކްސެލް ޕްރޯ 6 ދައްކާލައިފި

ގޫގުލް ޕިކްސެލް 6 ފޯނު. ފޮޓޯ/ޖީއެސްއެމްއެރީނާ

ގޫގަލް އިން އެކުންފުނީގެ ގޫގަލް ޕިކްސެލް 6 އަދި ޕިކްސެލް 6 ޕްރޯ ފޯނުތައް އަލަށް ކަސްޓަމަރުންނަށް ދައްކާލައިފިއެވެ.

އެ ދެ ފޯނު ކަސްޓަމަރުންނަށް ދައްކާފައިވަނީ ގޫގަލްގެ ޕިކްސެލް ފަހެއް ނެރުމުގެ ކުރިންނެވެ.

ޕިކްސެލް 6ގައި އާ ކެމެރާ ސިސްޓަމް އަދި ގޫގަލްގެ އިން-ހައުސް ޑިވެލޮޕްޑު ޓެންސާ ސިސްޓެމް އޮން އަ ޗިޕް އެކުލެވޭކަމަށް ވެއެވެ.

މި އާ ކެމެރާ ސިސްޓަމުން 150 ޕަސެންޓަށް ގިނައިން ފޮޓޯ ނަގާއިރު ލައިޓު ކެޕްޗާ ކުރެއެވެ. އަދި ހަތަރު ގުނައަށް އިތުރަށް ޒޫމްވެސް ކުރެވެއެވެ.

ޕިކްސެލް ޕްރޯ 6ގައި ޓެލެފޮޓޯ ޒޫމް ކުރާ ލެންސްއެއް އިންނަ އިރު ޕިކްސެލް ހައެއްގައި ސްޓޭންޑާޑް ޒޫމް އަދި އަލްޓްރާ ވައިޑު ލެންސް އެކުލެވެއެވެ.

ޕިކްސެލް 6 މީ އެންޑްރޮއިޑް 12ގެ ފޯނުތަކުގެ ތެރެއިން ނުކުންނަ އެންމެ ފުރަތަމަ ފޯނެވެ.

comment ކޮމެންޓް