ގާފަރުން ދެ މީހަކު ޕޮޒިޓިވްވެ، އަނެއްކާވެސް މޮނިޓަރިންއަށް

ކ. ގާފަރު: ރެންޑަމްކޮށް ނެގި ސާމްޕަލް ތަކެއްގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވެ، ގާފަރު މިވަގުތު ވަނީ މޮނިޓަރިންގެ ހާލަތުގައި ---

ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއްގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވެ، ކ. ގާފަރު މިއަހަރު ތެރޭ ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް "ސަން"އަށް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވީ މެދު އުމުރުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. ޖަލީލް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ކަރަންޓީނު ކުރަންޖެހޭ ފަރާތްތައް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށެވެ.

"ރެމްޑަމްކޮށް މިރަށުން ނެގި ސާމްޕަލް ތަކެއްގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވީ. ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނީ. އޭގެ ތެރެއިން ކަރަންޓީނު ކުރަން ޖެހޭ ފަރާތްތައް މިވަގުތު ތިބީ ކަރަންޓީނުގަ. މިއަދުވެސް 50 ރެންޑަމް ސާމްޕަލް ނަގައިފިން. މިހާރު އެ ސާމްޕަލްތައް ވާނީ މާލެ ފޮނުވާފަ،" މުބައްޝިރު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ޖަލީލް ވިދާޅުވީ ގާފަރު ރައްޔިތުންގެ ތެރެއިން 90 އިންސައްތަ މީހުން، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައިވާ ޖުމުލަ 19 ރަށެއް އެބައޮތެވެ. އެ ރަށްތަކަކީ:

  • ރ. ދުވާފަރު
  • ކ. ކާށިދޫ
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ
  • އއ. ހިމަންދޫ
  • ހދ. މަކުނުދޫ
  • ބ. އޭދަފުށި
  • ބ. ކަމަދޫ
  • އދ. ހަންޏާމީދޫ
  • ހދ. ނެއްލައިދޫ
  • ހއ. އިހަވަންދޫ
  • ގދ. ތިނަދޫ
  • އދ. ދަނގެތި
  • ގއ. މާމެންދޫ
  • ގއ. ކަނޑުހުޅުދޫ
  • މ. މަޑުއްވަރި
  • ރ. އަލިފުށި
  • ކ ގާފަރު
comment ކޮމެންޓް