އެމްއެސް ޓީވީ: ޑީކޯޑަރަކާ ނުލައި މީޑިއާނެޓުގެ ހިދުމަތް މިހާރު ލިބޭނެ

އެޑްވަޓޯރިއަލް - މީޑިއާނެޓުން އެންމެ ފަހުން ތައާރަފް ކުރި "އެމްއެސް ޓީވީ" އެޕްލިކޭޝަނަކީ އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ ތަކަށް ހާއްސަކޮށްގެން ޑިކޯޑަރަކާ ނުލައި މީޑިއާނެޓުގެ ހިދުމަތް ބޭނުން ކުރެވޭގޮތަށް ނެރުނު އެޕްލިކޭޝަނެކެވެ. ލައިވް ޗެނަލްތަކުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑުގައި ހިމެނޭ ފިލްމް ތަކާ ސީރީސްތައް މި އެޕްލިކޭޝަން މެދުވެރިކޮށް ބެލޭނެ އިންތިޒާމު މީޑިއާނެޓުން ވަނީ ފަހިކޮށްދީފައެވެ.

މި އެޕްލިކޭޝަން ފަރުމާ ކޮށްފައި ވަނީ ވީހާވެސް ބޮޑަށް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކަށް ބަލާފައެވެ. އެގޮތުން ފާހަގަ ކޮއްލެވޭ ފީޗާސްތަކުގެ ތެރޭގައި ލައިވްކޮށް ޗެނަލްތަށް ބެލުމާއި، ޓީވީ ޕްރޮގްރާމްތައް ޕޯސްކުރުމާއި، ކުރިއަށް ހުރި ޕްރޮގްރާމްތަކަށް ރިމައިންޑާ ލުންވެސް ހިމެނެއެވެ. އަދި "ކެޗް އަޕް ސާވިސް" މެދުވެރިކޮށް ފާއިތުވި ހަތަރު ދުވަހުގެ ޕްރޮގްރާމްތައް ކޮންމެ ގަޑިއެއްގައިވެސް ބަލާލެވޭނެއެވެ. މިއީ ވަގުތުން ޕްރޮގްރާމް ބަލައިނުލެވޭ ފަރާތްތަކަށް ކަމުދާނެ ފީޗާއެކެވެ. މީގެ އިތުރުން "ފޭވަރިޓް ޗެނަލް ލިސްޓު" ހެދުމާއި ކަސްޓަމަރުން ބޭނުންވާ ގޮތަށް ޗެނަލް ލިސްޓު އަތުރާލުމުގެ އިތުރުން ޔޫޒާ ޕްރޮފައިލް ހަދާލެވޭ ކަމީ މި އެޕްލިކޭޝަން ހާއްސަ ވެގެންދާ ސަބަބުތަކެވެ.

އެމްއެސްޓީވީ މެދުވެރިކޮށް މީޑިއާނެޓުގެ އޮރިޖިނަލް އުފެއްދުންތައް ކަމަށްވާ؛ އަނދިރިކަން، ގާލްފްރެންޑްސް، ނަފްސު ފަދަ ފިލްމު އަދި ސީރީސްތައް ބަލާލެވޭނެއެވެ. މިއާއެކު ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ ސްޕެނިޝް ލަލީގާ އަދި އިންގްލިޝް ޕްރިމިއާރ ލީގްވެސް ބަލާލެވޭނެވެ.

މީޑިއާނެޓްގެ 16 ވަނަ އަހަރީ ދުވަހު ނެރުނު މި އެޕްލިކޭޝަން މިވަގުތު ބޭނުން ކުރެވޭނީ މާލެ އަދި ހުޅުމާލެ ސަރަހައްދުގައެވެ. މި ހިދުމަތަށް މި ލިންކު މެދުވެރިކޮށް ރެޖިސްޓާ ކުރެވޭނެއެވެ. މިވަގުތު މީޑިއާނެޓްގެ ޑީކޯޑާ ބޭނުން ކުރަމުންދާ ފަރާތްތަކަށް އަދި އަލަށް ހިދުމަތާ ގުޅެން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި އެޕްލިކޭޝަންގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އިންސްޓޮލޭޝަންއަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ.

މި އެޕްލިކޭޝަނާބެހޭ އިތުރު މައުލޫމާތު އަދި މީޑިއާނެޓްގެ ހިދުމަތްތަކުގެ މަޢުލޫމާތު 3320800 ގުޅުއްވައިން ނުވަތަ ސޯޝަލް މީޑިއާ ޕޭޖް "މީޑިއާނެޓް އެމްވީ" އިން ލިބިގެންދާނެވެ.

comment ކޮމެންޓް