މަޖިލީހުގެ ރިޔާސަތު އެހެން ބަޔަކާ ހަވާލު ކުރަންޖެހޭ: އާދަމް ޝަރީޕް

ޖުލައި 13، 2021: ޕީޕީއެމް ޕީއެންސީގެ ފަރާތުން ނޫސްވެރިނާއި ބައްދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އެހެން ބަޔަކާ ހަވާލުކުރަން ޖެހޭކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު ދެން ރާއްޖެ އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މަޖިލިސް މިހާރު 'ޑެޑްލޮކަކަށް' އައިސްފައިވާކަމަށާއި، ސަރުކާރުގެ ރޭވުން އޮތީވެސް ރައީސް ނަޝީދު ރާއްޖެ ނުގެނެސް މަޑުކުރުވުމަށް ކަމަށެވެ.

"މީގެ ކުރިން މިކަހަލަ ހާދިސާތަކުގެ ތަހުގީގަށް ބަލާއިރުގަ، ހާދިސާގަ ފަންޑުކުރި މީހުންނާއި ރޭވި މީހުން އަތުލާ، އެމީހުން ބަންދަށް ގެނެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކުރިއަށް އޮތް ދެތިން އަހަރު ވެގެން ދާއިރަކުވެސް. އެހެންކަމަށް ވެއްޖިއްޔާ އަޅުގަނޑު ދަންނަވާނީ މަޖިލިސް ދެން އެއޮތީ އޭގެ ޒާތުގައި ހަމަ ޑެޑްލޮކަކަށް އައިސްފައޭ،"

މީގެ ކުރިން ރައީސް ނަޝީދު ހެއްދެވި ގޮތަށް، މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، އެހެން ބޭފުޅަކަށް އެ ފުރުސަތު ދިނުމަށް ޝަރީފް އެދިވަޑައިގަތެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރިއާޔަތް ކުރައްވައި ޝަރީފް ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ މިހާރު އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށާއި އެއީ ގައުމުގެ ދެ ބާރު އެއްބޭފުޅެއްގެ އަތްޕުޅު މަތީގައި އޮންނަ އޮތުންކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އެއީ ފުރިހަމަ ޑިމޮކްރަސީއެއްގައި މަލްޓި ޕާޓީގެ ސިސްޓަމެއްގައި އެންމެ ރަނގަޅު ނިޒާމު ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެކަން ބެލެންސް ކުރުމަށްޓަކައި، އަޅުގަނޑު ދެކޭގޮތުގައި އަލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކު ހޮވާކަމަށްވެއްޖިއްޔާ މިހާރު އެންމެ ރަނގަޅުގޮތަކަށް ވާނީ އެމްޑީޕީ ނޫން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ހަވާލުކުން." ޝަރީފް ވިދާޅުވިއެވެ.

އެފަދަ ގޮތަކަށް ކަންތައް ކޮށްފިނަމަ، މިހާރު އޮތް ފަދައިން ހުރިހާ ބާރެއް އެއްވެފައި އޮންނަ އެއްވުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މިކަން ހައްލު ކުރުމަށްޓަަކައި ރައްޔިތުން މަސައްކަތް ކުރުމަށާއި ރައްޔިތުން ބަސް ބުނުމަށް ޝަރީޕް ގޮވާލެއްވިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ އެ ކޯލިޝަނުން މަވެސް ޕީޕީއެމްގެ ނަމުގައި ކުރިޔަށް ގެންދާ ކެމްޕޭނުގައި ގދ. އަތޮޅާއި އައްޑޫ އަތޮޅަށް ކުރާ ދަތުރު ފެށުމުގެ ގޮތުންނެވެ.

comment ކޮމެންޓް