އޮޅުވާލައިގެން 150،000 ރުފިޔާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން 150،000 ހޯދާފައިވާ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާ މުހައްމަދު އުނައިސް، ގަސްފިނޮޅު/ކ.ކާށިދޫ (31އ) -- ފޮޓޯ/ފުލުހުން

މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައެއްގައި ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.

މީހަކަށް ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000 ރުފިޔާ ހޯދި މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދަމުންދަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު އުނައިސް (31)، ގަސްފިނޮޅު، ކ. ކާށިދޫއެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ އަންނަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ތ. ގުރައިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެ މައްސަލަ ބަލަމުންދާ ޕޮލިސް ސްޓޭޝަންއާ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

އޭގެ އިތުރުން މުހައްމަދު އުނައިސް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9800113 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް