ކޮވިޑްގެ އާ 130 ކޭސް، އަތޮޅުތަކުން 86

ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން އިތުރު 130 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ފާއިތުވި 24 ގަޑި އިރު ތެރޭ 130 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ 5،237 މީހެއްގެ ސާމްޕަލުންނެވެ.

އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 36 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 86 މީހުންގެ އިތުރުން ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި އަށް މީހެކެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 79،419އަށް އަރާފައެވެ.

މިވަގުތު ބަލި ޖެހިފައިތިބި 1،679 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 13 މީހުންނަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 77،506އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް