ކަޕިލް ޝަރްމާ ޝޯ ގެ ފުރަތަމަ މެހެމާނަކީ އަކްޝޭ!

ކަޕިލް ޝަރްމާ ޝޯގެ ޓީޒާގެ މަންޒަރެއް---

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ހުށަހަޅައިދޭ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" މި މަހު 21 ވަނަ ދުވަހު ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

ސޮނީ ޓީވީ އިން ގެނެސްދޭ މަގްބޫލު ޝޯ ކަޕިލް ޝަރްމާގެ މި ފަހަރުގެ އެންމެ ފުރަތަމަ މެހެމާނަކީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރުއެވެ.

އަކްޝޭއާއެކު މި ޝޯގެ އާ ޓީޒާއެއްވެސް ވަނީ މިހާރު އާންމުކޮށްފައެވެ. މި އެޕިސޯޑުގައި އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ބެލް ބޮޓަމް" ޕްރޮމޯޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭނާގެ އިތުރުން މި އެޕިސޯޑުގައި ބެލް ބޮޓަމްގައި ހަރަކާތްތެރިވާ ވާނީ ކަޕޫރު، ލާރާ ދައްތާ އަދި ހުމާ ގްރޭޝީ ވެސް ފެނިގެންދާނެއެވެ.

މި ޝޯ ގެނެސްދޭނީ ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

މި ޝޯ މީގެ ހަ މަސް ކުރިން ވަގުތީ ގޮތުން މެދުކަނޑާލީ ޝޯއަށް އިތުރު ފުރިހަމަކަމެއް ގެންނަން އާ ކޮންޓެކްޓްތައް އުފެއްދުމަށެވެ.

އެދުވަސްވަރު ޝޯ ބަލާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވެފައިވާއިރު ޝޯގެ ޕްރޮޑަކްޝަން ޓީމުން ނިންމީ ޝޯ އިތުރަށް ފުރިހަމަކުރުމަށްފަހު އާ ސީޒަނެއް ގެނެސްދިނުމަށެވެ.

comment ކޮމެންޓް