ރާއްޖެ ބޭނުންކުރަނީ ބިދޭސީންގެ ކަރަަންޓީނު ފެސިލިޓީއެއް ގޮތުގައި: ސައީދު

ޖޫން 1، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންގެ ނަމުގައި އެހެން ގައުމުތަކަށް ދަތުރުކުރާ ބިދޭސީން ގެނެސް އެމީހުން ކަރަންޓީނުވާ، ފެސިލިޓީއެއްގެ ގޮތުގައި ރާއްޖެ ހަދާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މެދު އިރުމަތީގެ ގައުމުތަކަށް ދާ ބިދޭސީން އެ ގައުމުތަކަށް ދިޔުމުގެ ކުރިން ރާއްޖެ އައިސް ކަރަންޓީނުވާކަމަށެވެ. އަދި އެ މީހުން ކަރަންޓީނުވާން އަންނަނީ ފަތުރުވެރިންގެ ނަމުގައިކަމަށް ސައީދު ވިދާޅުވިއެވެ.

"އިންޑިއާއިން ފްލައިޓުތައް އަންނަނީ ޓޭރިސްޓުންގެ ނަމުގައި. އަންނައިރު ޓޭރިސްޓުން ކަރަންޓީނު މިވަނީ މިޑަލްއީސްޓަށް ދިޔުމުގެ ކުރިން. ސައުދީއަށް ދިޔުމުގެ ކުރިން، އަބޫދާބީއަށް ދިޔުމުގެ ކުރިން، މިތާގައި ކަރަންޓީނުވާ ތަނެއްގެ ގޮތުގައި،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަަށް ކަރަންޓީނުވާން އަންނަ މީހުންގެ ސަބަބުން އާންމުން ހިންގާ ތަންތަން ނުރައްކާތަކަށް ހުށަހެޅިގެންދާކަމަށެވެ.

"ކަރަންޓީނުވަނީ އެއާޕޯޓުގައި ސިނގެރޭޓު ބޯން. ކަރަންޓީނުވަނީ އެއްޗެހި ވިއްކަން. ކާކުތޯ މިކަން ބަލަނީ،" ސައީދު ވިދާޅުވިއެވެ. ހަމައެއާއެކު ސައީދު ވަނީ ސަރުކާރުން ކޮވިޑުގެ ހާލަތު މެނޭޖުކުރުމަށް ގެންގުޅޭ ސިޔާސަތުތަކަށްވެސް ގިނަ ފާޑު ކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން ކޮވިޑާ ގުޅިގެން ލިބުނު ހިލޭ އެހީތަކަށް ވީގޮތެއް ސާފުކޮށްދެއްވުމަށް ސައީދު ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް