މަޖިލީހުގެ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 32 ބިލެއް ހުށަހަޅަން ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ ރައީސް އޮފީހުގެ ފަރާތުން މަޖިލީހަށް މިއަދު އެކަން އަންގާ ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެކި ދާއިރާތަކަށް ހާއްސަ ބިލުތައް ހިމެނެއެވެ.

މަޖިލީހަށް ހުށަހަޅަން އުޅޭ ބައެއް ބިލްތައް:

  • ހެއްކާބެހޭ ބިލު
  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  • ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
  • މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލު
  • ސއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލު
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ދިނުމުގެ ބިލު
  • ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފޮރިން އިންވެސްޓްމަންޓުގެ ބިލު
  • ޓްރޭޑްމާކުގެ ބިލު
  • ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

މީގެ އިތުރުންވެސް 16 ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި ހިމެނެއެވެ.

ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ އިއްޔެއެވެ.

comment ކޮމެންޓް