ޓޭބަލްޓެނިސް ތަރި ޕެނަޖިއޯޓިސް ބައިވެރިވާ އިވެންޓެއް މިއަދު ހުޅުމާލޭގައި

ގްރީސްގެ ޓީޓީ ކުޅުންތެރިއާ ޕެނަޖިއޯޓިސް--- ފޮޓޯ: އެސްޑީ ސްޕޯޓްސް

ގްރީސްގެ މަޝްހޫރު ޓީޓީ ކުޅުންތެރިއާ ޕެނަޖިއޯޓިސް ޖިއޯނިސް ބައިވެރިވާ އިވެންޓެއް މިއަދު ހުޅުމާލޭ ޓީޓީ ހޯލުގައި ކުރިއަށް ދާނެކަމަށް ޓޭބަލް ޓެނިސް އެޝޯޝިއޭޝަންއިން ބުނެފިއެވެ.

މިއަދު ކުރިއަށްދާ އިވެންޓުގެ ތެރެއިން ޕެނަޖިއޯޓިސް އާ ބައްދަލުކޮށް ފޮޓޯ ނަގާލުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ޓީޓީ އެޝޯޝިއޭޝަނުން ބުނެއެވެ.

ޕެނަޖިއޯޓިސް އަކީ ދުނިޔޭގެ ޓީޓީ ރޭންކިން 49 ވަނައެވެ. ޕެނަޖިއޯޓިސް ވަނީ ދާދި ފަހުން ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސް މުބާރާތުގައިވެސް ބައިވެރިވެފައެވެ.

އޮލިމްޕިކްސް މުބާރާތައް ފަހު ޕެނަޖިއޯޓިސް ޗުއްޓީ ހޭދަކޮށްލުމަށް އައީ ރާއްޖެއަށެވެ. ޓީޓީ އެޝޯޝިއޭޝަންއިން ކުރި މަސައްކަތުން މިވަނީ ޕެނަޖިއޯޓިސްއާއެކު މިއިވެންޓު ކުރިއަށް ގެންދަން ނިންމައިފައެވެ.

ޔޫރަޕުގެ މަތީ ފަންތީގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ ޕެނަޖިއޯޓިސް ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ ރިހި އަދި ލޯ މެޑަލް މީގެ ކުރި ހޯދާފައެވެ.

ޒުވާން ގިނަ ކުދިން ޝައުގުވެރިވާ ޓީޓީ އަކީ މިހާރު ރާއްޖެއަށް މުބާރާތްތަކުގައި އެންމެ ގިނައިން މެޑަލް ލިބޭ ކުޅިވަރެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިނީ ޓީޓީ ކުޅުންތެރިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް