އާޒިމް އާއި އިލްޔާސް އަލުން 241 ކޮމިޓީއަށް

ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު -- ފޮޓޯ/ ސަން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެމްބަރުންގެ ގޮތުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އަލުން ހަމަޖައްސައިފިއެވެ.

އެ ދެ ބޭފުޅުން އަލުން 241 ކޮމިޓީއަށް އައްޔަނުކުރެއްވީ މިއަދު އޮތް މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

ޖަލްސާ ފެއްޓެވުމުގެ ގޮތުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގެ ބަދަލުގައި އާޒިމް އާއި އިލްޔާސް ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސާފައިވާކަމަށެވެ.

މީގެ ކުރިން އެ ކޮމިޓީގައި ތިއްބެވި އެ ދެ މެމްބަރުން އެ ކޮމިޓީއާ ދުރުކޮށްފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަވަހާރުކޮށްލުމަށް ދިން ހަމަލާގެ އިންކުއަރީ އެއް ހިންގުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާގޮތް ބެލުމެވެ.

އަދި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.

comment ކޮމެންޓް