ފުރާޅުން ޓިނު ނަގައިގެން އާރުޑީސީ އޮފީސް ފަޅާލައި ވައްކަންކޮށްފި

--- ފޮޓޯ ފުލުހުން

ފުރާޅުން ޓިނު ނައްޓައިގެން ސީލިންގް ފަޅާލައި އެތެރއަށް ވަދެ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީހުން ރޭ ބަޔަކު ވައްކަންކޮށްފިއެވެ.

އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ މިއަދު ހެނދުނު 7:48 ކަންހާއިރުކަމަށެވެ. އަދި މިވަގުތު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކެޕްޝަން..

މިއީ އާރުޑީސީ އޮފީސް ފަޅާލައި ވައްކަންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ދެފަހަރު އެ އޮފީހުން ވަނީ ވައްކަންކޮށްފައެވެ. އޭގެ ފަހުން އެ އޮފީހުގައި އެއްވެސް ވަރަކަށް ފައިސާ ނުބަހައްޓާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ ކުރިންވެސް އެ އޮފީހުން ވައްކަންކުރި އިރު، އޭޕްރިލް މަސްތެރޭ އެ އޮފީހުން ވައްކަންކުރި ބަޔަކު ވަނީ 100،000 އެއްހާ ރުފިޔާ ވަގަށްނަގައިފައެވެ.

comment ކޮމެންޓް