އިންޑިއަން އައިޑަލް 12 ގެ ޓްރޮފީ ޕަވަންދީޕް އަށް

އިންޑިއަން އައިޑަލް 12 ގެ ޓައިޓަލް އުފުލާލި ޕަވަންދީޕް---

ސޮނީ ޓީވީ އިން ދައްކަމުން އައި އިންޑިއަން އައިޑަލް ސީޒަން 12 ގެ ފަޚުރުވެރި އެއްވަނަ ޕަވަންދީޕް ރާޖަން އަށް ލިބިއްޖެއެވެ.

އިންޑިއާގެ އުއްތަރަކަންދު އަށް ނިސްބަތްވާ ޕަވަންދީޕް އައިޑަލްގެ ޓައިޓަލް ކާމިޔާބުކުރީ ފައިނަލްގައި ފަސް ބައިވެރިންނާ ވާދަކުރުމަށްފަހުއެވެ. އައިޑަލްގެ ޓްރޮފީގެ އިތުރުން އޭނާއަށް ވަނީ 25 ލައްކަ ރުޕީސް ލިބިފައެވެ. ޝޯގެ އެއްވަނަ ޕަވަންދީޕް އަށް ލިބުނުއިރު ދެވަނަ ލިބުނީ އަރުނީތާ އަށެވެ. ތިންވަނަ ސަޔާލީ އަށް ލިބުނުއިރު ހަތަރު ވަނަ ލިބުނީ މުހައްމަދު ދާނިޝް އަށެވެ. ނިހާލް ޓާރޯ އައިޑަލްގެ ފަސްވަނަ އަށް ދިޔައިރު ހަވަނަ ލިބުނީ ޝަންމުކާޕްރިޔާ އަށެވެ.

އިންޑިއަން އައިޑަލްގެ ތާރީޚުގައި ވެސް އެންމެ ބޮޑުކޮށް ބޭއްވި ފިނާލޭގައި ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އަލްކާ ޔަގްނިކް، މިކާ ސިންހް، އަމިތް މިޝްރާ، ޖާވިދު އަލީ، ކުމާރު ސަނޫ ހިމެނެއެވެ. އޭގެ އިތުރުން ބޮލީވުޑްގެ ދެތަރިން ކަމަށްވާ ސިދާތް މަލްހަތްރާ އާި ކިއާރާ އަދުވާނީ ވެސް ވަނީ ފިނާލޭގައި ބައިވެރިވެފައެވެ.

comment ކޮމެންޓް