ކްލަބް ހައުސްގައި ރައީސް ނަޝީދުގެ ނަމުގައި ފޭކު އެކައުންޓެއް

ފެބްރުއަރީ 22، 2020: އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ނަމުގައި ކޮންމެވެސް މީހަކު ކްލަބް ހައުސްގައި ފިތުނަ އުފައްދަމުންދާ ކަމަށާއި، އެއީ އެމަނިކުފާނު ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި ކްލަބް ހައުސް އެކައުންޓަކީ "މުހައްމަދު ނަޝީދު"ގެ ނަމުގައި ހަދާފައިވާ އެކައުންޓެއް ކަމަށެވެ.

އަދި ކްލަބް ހައުސްގައި އެމަނިކުފާނުގެ ނަމުގައި ފިތުނަ އުފައްދަމުން ދަނީ ކާކުމެއް ނޭނގޭ ކަަމަށް ވިދާޅުވިއެވެ.

"ކޮންމެވެސް މީހަކު އަޅުގަނޑުގެ ނަމުގައި ކްލަބް ހައުސްގަ އެބަ ވަރަށް ފިތުނަ އުފައްދާ. އެއީ އަޅުގަނޑެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކްލަބް ހައުސް އަކީ މިހާރު ދިވެހީންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލު ވަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. ކްލަބް ހައުސް މެދުވެރިކޮށް އޮންލައިންކޮށް ގިނަ ބަޔަކު އެއްވެ މަޝްވަރާކޮށް ވާހަކަދެއްކޭނެއެވެ.

comment ކޮމެންޓް