އައިސް ޓީވީން ލަ ލީގާގެ މެޗުތައް ބަލާލެވޭނެ

އަންނަ ހޮނިހިރު ދުވަހު ފެށޭ ލަ ލީގާގެ މެޗުތައް އައިސް ޓީވީ އާއި އައިސް ސްޕޯޓްސްއިން ދައްކާނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން ބުނި ގޮތުގައި އައިސް ޓީވީ އާއި އައިސް ސްޕޯޓްސްގެ އިތުރުން، ލަ ލީގާގެ މެޗުތައް އެ ކުންފުނީގެ މަލްޓި-ސްކްރީން އެޕްލިކޭޝަން މެދުވެރިކޮށް ފޯނާއި ލެޕްޓޮޕް ފަދަ ވަސީލަތްތަކުންވެސް ލައިވްކޮށް ބަލާލެވޭނެއެވެ. އަދި އަލްޓްރާ ހައި ޑެފިނިޝަން އެންޑްްރޮއިޑް ޓީވީ ބޭނުން ކުރާ ފަރާތްތަކަށް އެމްއެސްޓީވީ މެދުވެރިކޮށްވެސް މެޗުތައް ބަލާލެވޭނެއެވެ.

މީޑިއާނެޓުން ބުނި ގޮތުގައި، މަލްޓިސްކްރީނުން ލައިވްކޮށް ދައްކާ މެޗުތައް ވަގުތުން ނުބެލުނު ނަމަވެސް ފަހުންވެސް ބެލެން ހުންނާނެއެވެ. އެގޮތުން ފާއިތުވި ހަތަރު ދުވަހުގެ ޕްރޮގްރާމުތައް ބެލޭނެ ގޮތް އެ އެޕްލިކޭޝަނުގައި ހަދާފައިވެއެވެ.

މީގެ އިތުރުން މަލްޓިސްކްރީން އާއި އެމްއެސްޓީވީން ރިމައިންޑާސް ސެޓުކޮށް، ޕޯސް ކުރުމާއި ޕްލޭ ކުރެވެން ހުންނާނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

ލަ ލީގާގެ އަލަށް ފެށޭ ސީޒަނުގައި އެންމެ ފުރަތަމަ ކުޅޭނީ ވެލެންސިއާ އާއި ގެޓާފޭއެވެ.

comment ކޮމެންޓް