ދިވެހި ލީގުގެ ލޯގޯ ފަރުމާކޮށްގެން އެއްލައްކަ ރުފިޔާގެ އިނާމެއް

މާޗް 26، 2021: ދިވެހި ޕްރިމިއާ ލޯގުގައި އީގަލްސް އާއި ސަސް ބައްދަލުކުރި މެޗް ގެ ތެރެއިން -- ސަން ފޮޓޯ/ ފަުޔާޒު މޫސާ

ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާ ކުރާ ފަރާތަކަށް 100،000 ރުފިއާގެ ފައިސާގެ އިނާމެއް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުށައަޅައިފިއެވެ.

އަންނަ މަހުގެ ދިހަ ވަނަ ދުވަހު ކުރިން ލޯގޯ ފަރުމާކުރުމަށް ފަހު ހުށައަޅަން ޖެހެއެވެ. މިއީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ހުށައަޅާ ލޯގޯ އަކީ ދިވެހި ރާއްޖޭގެ ސަގާފަތާ އާދަކާދަ އަދި ދިވެހި ފުޓުބޯޅަ އާއި ގުޅުން ހުންނަ ލޯގޯއަކަށް ވާން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.

މުބާރާތުގެ ބައިވެރިން އެފްއޭއެމްއިން ކަޑައަޅާފައިވާ މިންގަނޑަށް ލޯގޯ ފައްތަން ޖެހޭނެއެވެ. އެއްވަނައަށް ހޮވޭ ފަރާތާއެކު އެފްއޭއެމްއިން އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. އެއްބަސްވުމުގައި ސޮއިކޮށް ލޯގޯގެ ކޮޕީރައިޓްސް އެފްއޭއެމްއިން ނަގާނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ ލީގު މާކެޓުކޮށް ފޯރިގަދަ ކުރުމަށް އެފްއޭއެމްއިން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ދިވެހި ލީގު ބްރޭންޑްކޮށް ޒަމާނީ ގޮތެއްގައި އިޝްތިހާރު ކުރުމަށް އެފްއޭއެމްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް