ރައީސް ސޯލިހުގެ އެއްވެސް ބާރެއް މަޖިލީހުގައި ނެތް: ސައީދު

ޖުލައި 13، 2021: ޕީޕީއެމް ޕީއެންސީގެ ފަރާތުން ނޫސްވެރިނާއި ބައްދަލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްވެސް ބާރެއް ނެތްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިއަދު "ސަން" އަށް ވިދާޅުވީ ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމުމަށް މަސައްކަތްކުރަމުންދާއިރު މިވަގުތު މަޖިލީހުގައި ރައީސް ސޯލިހަށް ބާރު އޮތްތޯ ސުވާލު އުފައްދަވާފައެވެ. ސައީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ރައީސް އަތުގައި އޮތްކަމަށް ވިދާޅުވިނަމަވެސް އެއީ ސީދާ ތެދު ވާހަކައެއް ނޫންކަމަށެވެ.

https://sun.mv/155363

"ވެރިކަން ނިމެން ގާތްގަނޑަކަށް މިއޮތީ ކުޑަދުވަސްކޮޅެއް. އެންމެ ދެ އަހަރެއްހާ ދުވަސް. އެހާވެސް ދުވަސް ނެތި އަމިއްލަ ޕާޓީ ތެރޭގައި ވަރަށް ބޮޑެތި މައްސަލަތަކެއް ހުރެ ރައްޔިތުންގެ ވަރަށް ބޮޑު މެޖޯރިޓީއެއް ނެތް ވަގުތެއްގައި މިކަމެއް ނުކުރެވޭނެ. އެބަ ވިދާޅުވޭ ޕާލަމެންޓުގެ މެޖޯރިޓީ ލިބިފައޭ އޮތީ،"

"ސައްހަ ގޮތަކުން ވޯޓަކުން ބެލިފައި އޮތް ކަމެއް ނޫން އެއީ،" ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް