އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ދެވަނަ ބެޗް ގްރެޖުއޭޓުވެއްޖެ

އޭޑީކޭ ހޮސްޕިޓަލްގެ ސްކޫލް އޮފް ހެލްތް ސައިންސް އިން ކުރިއަށްގެންދިޔަ އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ދެވަނަ ބެޗްގެ ބައިވެރިން --- ފޮޓޯ/ އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލްގެ ސްކޫލް އޮފް ހެލްތް ސައިންސް އިން ކުރިއަށްގެންދިޔަ އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ދެވަނަ ބެޗްގެ ބައިވެރިން ގްރެޖުއޭޓްވެއްޖެއެވެ.

މެޑިކަލް ޓެކްނީޝަންގެ ދާއިރާއިން ގްރެޖުއޭޓުވި ކުދިންނަށް ވަނީ ލައިފް ސަޕޯޓު އަދި ފަސްޓު ރެސްޕޯންޑާސްގެ ގޮތުގައި ތަމްރީނު ކުރެވިފައެވެ.

މުޅިއެކު 10 ކުދިން ގްރެޖުއޭޓުވީއިރު އޭގެތެރެއިން އަށް ކުދިންނަކީ އެއާޕޯޓު އެމަޖެންސީ ސާވިސްގެ މެމްބަރުންނެވެ. އަަދި އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލްގެ ދެ ނަރުހެއްވެސް ހިމެނެއެވެ.

އިއްޔެ އޭޑީކޭ ހޮސްޕިޓަލްގެ ހެލްތުސެންޓަރުގައި ބޭއްވި އެ ހަފްލާގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ ދެއްކެވި ވާހަކައިގައި ކޮވިޑް-19ގެ ވަބާގެ ތެރެއިން ދަސްވި ފިލާވަޅާއި ޕްރި ހޮސްޕިޓަލް ކެއާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ސްކޫލް އޮފް ހެލްތް ސައިންސް އިން ކުރިއަށްގެންދިޔަ އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ ދެވަނަ ބެޗްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ޑރ. ޝާހު ވާހަކަދައްކަވަނީ --- ފޮޓޯ/ އޭޑީކޭ ހޮސްޕިޓަލް

އެ ހަފްލާގައި ޑައިރެކްޓާ އޮފް ސްކޫލް އޮފް ހެލްތު ސައިންސް ޑރ. އަހުމަދު ޒިޔާން ވަނީ އެ ސްކޫލްގެ ހިދުމަތްތަކާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކުރަން ރާވާފައިވާ ކަންތައްތައް ހިއްސާ ކުރައްވާފައެވެ.

comment ކޮމެންޓް