ޖިންސީގޮތުން އަންހެނަކަށް ގޯނާކުރި ކަމުގެތުހުމަތު އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫ ގެ މައްޗަށް

ޕްރިންސް އެންޑްރޫ

ލަންޑަން (އޮގަސްޓް 11): އިނގިރޭސި ރާނީ އެލިޒަބަތް ދޭއް ގެ ދެވަނަ ފިރިހެން ދަރިކަލުން އަދި ޑިއުކް އޮފް ޔޯކް ޕްރިންސް އެންޑްރޫ ގެ މައްޗަށް ޖިންސީގޮތުން އަންހެނަކަށް އަނިޔާކުރި ކަމުގެ ތުހުމަތު އަންހެނަކު ކޮށްފިއެވެ.

ވާޖީނިއާ ޖޮފްރޭ ނަމަކަށްކިޔާ އަންހެނަކު ނެރުނު ބަޔާނެއް ބުނިގޮތުގައި ޖެފްރީ އެޕްސްޓެއިން ނަމަކަށްކިޔާ އެމެރިކާގެ ވިޔަފާރިވެރިއަކު މީގެ ވިއްސަކަށް އަހަރުކުރިން ޕްރިންސް އެންޑްރޫ ގެ ޖިންސީ ބޭނުމަކަށް އޮޅުވާލައިގެން އޭނާއަށް ޖިންސީ އަނިޔާތަކެއްވަނީ ދީފައެވެ. މީގެތެރޭގައި ޖިންސީ ގޮތުން ގޯނާކުރުމާއި އަނިޔާކުރުން ހިމެނޭކަމަށާ ޖެފްރީ އެޕްސްޓެއިން މިކަންކަން ކޮށްފައިވަނީ ޕްރިންސް އެންޑްރޫ، އޭނާ ޖިންސީ ގޮތުން ބޭނުންކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަމުން މިކަމުގައި ޒިންމާ ވާންޖެހޭ ފަރާތަކީ ޕްރިންސް އެންޑްރޫ ކަމަށް އަންހެންމީހާ ގެ ބަޔާން ބުނެއެވެ.

ތިންފަހަރެއްގެ މަތިން ޖިންސީ ގޯނާކޮށްފައިވާ ކަމަށްވެސް މި އަންހެންމީހާ ބުނެފައިވެއެވެ. ނަމަވެސް ޖިންސީ ގޯނާ ކޮށްފައިވަނީ ރޭޕްގެ މިންވަރަށްކަން ނުވަތަ ނޫންކަން އެއަންހެންމީހާ ގެ ބަޔާނުގައި ސާފުކޮށްދީފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިޔުޔޯކްގެ ޖަލެއްގައި ހުއްޓައި އަމިއްލައަށް މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ މަހުޖަނު ޖެފްރީ އެޕްސްޓެއިން

ޕްރިންސް އެންޑްރޫ ގެ މައްޗަށް އެންމެ ފުރަތަމަ މި ތުހުމަތުތައް ކުރެވިފައިވަނީ 2019 ވަނައަހަރުއެވެ. އެއަހަރު ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި އެންޑްރޫ ވަނީ ވާޖީނިއާ ޖޮފްރޭ ނަމަކަށްކިޔާ އެ އަންހެން މީހާގެ ތުހުމަތުތައް ކަނޑައެޅިގެން ދޮގު ކުރައްވާފައެވެ. އެނަން ކިޔާ އަންހެނަކާ އެއްވެސް އިރެއްގައި ބައްދަލުވިކަން ހަނދާންނުވާކަމަށާ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިނުވާނެކަމަށް އެންޑްރޫ ވިދާޅުވެފައިވެއެވެ.

ޖެފްރީ އެޕްސްޓެއިން ނަމަކަށްކިޔާ އެމެރިކާގެ ވިޔަފާރިވެރިއާއަކީ ގިނަ އަދަދެއްގެ އަންހެނުންނާއި ޒުވާން އަންހެން ކުދިންނަށް ފައިސާ ދީގެން އެމީހުން ރޭޕްކުރުމާއި ބައެއް އަންހެންކުދިންގެ ފަގީރުކަމުން ނާޖާއިޒު ފައިދާ ނެގުމަށްޓަކައި އޭނާގެ މުއްސަނދިކަން ބޭނުންކުރާ މީހެއްކަމުގެ ތުހުމަތު ވަރަށް ކުރީއްސުރެ ކުރެވިފައިވާ މީހެކެވެ. މީގެއިތުރުން އެކިގައުމުތަކުގެ އިސްވެރިންނާއި ޝާހީ އާއިލާތަކުގެ ފިރިހެނުންނާ އަދި ބައެއް މުއްސަނދިންނަށް ޖިންސީ ބޭނުންތަކަށް އަންހެން ކުދިން ހޯދައިދޭ ކަމުހގެ ތުހުމަތުވެސް ޖެފްރީ އެޕްސްޓެއިން ގެ މައްޗަށް ކުރެވިފައިވެއެވެ.

މި ތުހުމަތުތަކާއެކު ޖެފްރީ ނިއުޔޯކްގެ މެންހާޓަންގެ ޖަލެއްގައި ބަންދުކޮށްފައި ވަނިކޮށް 2019 ވަނައަހަރުގެ އޮގަސްޓް މަހުގެ 10 ދުވަހު އޭނާވަނީ އަމިއްލައަށް މަރުވެފައެވެ. ޖެފްރީ އަމިއްލައަށް މަރުވިކަމަށް ރިޕޯޓް ކުރެވިފައިވީނަމަވެސް އޭނާއަކީ އެކިގައުމުތަކުގެ އިސްވެރިންނާއި ޝާހީ އާއިލާތަކުގެ މީހުންނަށާ އަދި ބައެއް މުއްސަނދިންގެ ޖިންސީ އުފާތަކަށް އަންހެން ކުދިން ހޯދައިދޭ މީހަކަށް ތުހުމަތު ކުރެވޭ މީހަކަށް ވެފައި އެފަދަ ޝަޚްސިއްޔަތުތަކުގެ ޖިންސީ ހަގީގަތްތަކެއް ޖެފްރީ އަށް އެނގޭނެ ކަމަށް ބެލެވޭތީ ބައެއްގެ ނުފޫޒުގައި އޭނާ މަރާލުމަށްފަހު ޖެފްރީގެ މަރަކީ އަމިއްލަ މަރެއްކަމަށް ހަދައި ހަގީގަތް އޮޅުވާލީ ކަމަށް ބައެއް ފަރާތްތަކުންވަނީ ޝައްކުކޮށްފައެވެ.

އެއީ އެތަށް ބައެއްގެ ޖިންސީ މުޑުދާރު އަމަލުތަކުގެ ހަގީގަތްތައް ޖެފްރީގެ ފަރާތުން ބޭޒާރުވެދާނެތީ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ޖެފްރީގެ މަރަކީ އަމިއްލަ މަރެއްނޫންކަން ސާބިތު ކުރެވޭފަދަ ހެއްކެތް މިހާތަނަށް ފެނިފައެއް ނުވެއެވެ.

ވާޖީނިއާ ޖޮފްރޭ ނަމަކަށް ކިޔާ އަންހެންމީހާ އެދުވަސްވަރު ޕްރިންސް އެންޑްރޫ ގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ހިންގި ތަހްގީގަށް އެންޑްރޫގެ އެއްބާރުލުން ލިބިފައިނުވާކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެ.

comment ކޮމެންޓް