ރިސޯޓު ހިއްސާ އޮތިއްޔާ މާލީ ބަޔާނުގައި އޮންނާނެ: އާޒިމް

ޑިސެމްބަރު 15، 2019: އެމްޑީޕީ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެއްވެސް ރިސޯޓެއްގައި ހިއްސާއެއް އޮތްނަމަ މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުގައި އެ ހިއްސާގެ ވާހަކަ އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް "ސަން" އަށް ވިދާޅުވީ އޭނާގެ ނަމުގައި އަމިއްލަ އެއްވެސް ރިސޯޓެއް ނޯންނާނެކަމަށެވެ. ނަމަވެސް އޭނާގެ ހިއްސާ އޮންނަ ރިސޯޓުތައް ހުންނާނެކަމަށެވެ.

"މާލީ ބަޔާނާ މެދު ސުވާލެއް ނުއުފެއްދޭނެ ނޫންތޯ. ހިއްސާ އޮވެއްޖެއްޔާ މާލީ ބަޔާނުގައި ޖަހާފައި އޮންނާނެ. ހިއްސާއެއް ނެތިއްޔާ އޭގެ މާނައަކީ ރިސޯޓެއް ނެތިއްޔޭ،'' އާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލީ ބަޔާނުގައި އޮޅުވާލުވުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށެވެ. އަދި އޭގައި ހުންނާނީ ތެދު ވާހަކަކަމަށެވެ.

އާޒިމް މާލީ ބަޔާނުގައިވާގޮތުން އޭނާގެ ހިއްސާ އޮންނަ ތިން ރިސޯޓެއް އޮވެއެވެ. އެއީ ކަނބާލިފަރު އިންވެސްޓްމަންޓްސްގައި 12375 ހިއްސާއާއި ނަލަވެލި މޯލްޑިވްސްގެ 50 ޕަސެންޓު ހިއްސާގެ އިތުރުން ޓްރަވިސްޓާ ރިސޯޓްސް އިން 250 ހިއްސާއެވެ.

comment ކޮމެންޓް