ކޮންޓެއިނާއެއްގެ މަތިން މީހަކު ވެއްޓި، ކަނާއަތު އުޅަނބޮށި ނެއްޓިއްޖެ

އެމްޕީއެލްގެ ކޮންޓެއިނާ ޖަހާފަ: ބޯޓެއްހައި ހުރި ކޮންޓެއިނަރއެއްގެ މަތިން މީހަކު ވެއްޓި ކަނާއަތު އުޅަނބޮށި ވަނީ ނެއްޓިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯޓެއްގައި ހުރި ކޮންޓެއިނާއެއްގެ މަތިން މީހަކު ވެއްޓި ކަނާއަތު އުޅަނބޮށި ނެއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 9:30 ހާއިރުއެވެ.

އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް "ސަން'އަށް ވިދާޅުވީ އޭނާ ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ވެއްޓިިި ކަނާއަތު އޮޅުމުށި ވަނީ ނެއްޓިިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ހާދިސާ ހިނގި އިރުގައިވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް ފުރިހަމަކޮށްގެން ކަމަށެވެ.

ދާނިޝް ވިދާޅުވީ ވެއްޓުމުގެ ތެރޭގައި އޭނާގެ ބޮލަށް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި ސީޓީ ސްކޭނެއް ހެދުމުގެ މަސައްކަތް މިވަގުތު ކުރިއަށް އެބަދާ ކަމަށެވެ.

"އޭނާ ވެއްޓުނީ ދިހަ ފޫޓު މަތިން. އޭނާ 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް އެމްޕީއެލްގެ މެޑިކަލްސްއިން ވަނީ ގެންގޮސްފައި. ހާދިސާ ހިނގި އިރުގައިވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތަކުގެ ތެރޭގަ ހިމެނޭ ހެލްމެޓް، ސޭފްޓީ ޝޫޒް، އަދި ވެސްޓް ފުރިހަމަކޮށްފައި،" ދާނިޝް ވިދާޅުވި އެވެ.

އަނިޔާ ލިބުނު މީހާއަށް މިހާރު ދަނީ އައިޖީއެމްއެެޗްގައި ފަރުވާ ދެމުންނެވެ.

comment ކޮމެންޓް