ސަތާރަ ދުވަހަށްފަހު ކުޅުދުއްފުށީގެ މޮނިޓަރިން އުވާލައިފި

ކުޅުދުއްފުށި ސިޓީ --- ފޮޓޯ/ އަބޫއިޝް

ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން ކުޅުދުއްފުށީގައި އިއުލާންކޮށްފައިވާ މޮނިޓަރިންގެ ހާލަތު ސަތާރަ ދުވަހަށްފަހު މިއަދު އުވާލައިފިއެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ އުމުރުން 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް "ސަން"އަށް ވިދާޅުވީ މިރެއިން ފެށިގެން އެ ރަށަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

"މިރޭ މިވަނީ ކުޅުދުއްފުށީގެ މޮނިޓަރިން އުވާލިކަން އެޗްޕީއޭ އިން އަންގާފަ. މިފަހަރު މޮނިޓަރިންއަށް ލުމަށްފަހު ޓޯޓަލް ރެމްޑަމް ސާމްޕަލް ނެގިފައި މިވަނީ 1،124 ޑައިރެކްޓް ކޮންޓެކްޓް ތަކާ އެކު ގުނައިގެން މިރަށުން މިހާތަނަށް ސާމްޕަލް ނެގި ޖުމުލަ އަދަދަކީ 1،783" އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެކްޓިވް ކޭސްގެ އަދަދަކީ 47 އެވެ.

comment ކޮމެންޓް