ހިރިލަންދޫ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް!

ހިރިލަންދޫ: ހިރިލަންދޫ އަނެއްކާވެސް މިވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި - ފޮޓޯ: ހަމްދާން ޝަރީފް

ތ. ހިރިލަންދުއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހިރިލަންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ސާޖިދު "ސަން"އަށް ވިދާޅުވީ އެމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އަލާމާތްތައް ހުރެގެން ނެގި ސާމްޕަލެއް މާލެ ފޮނުވައިގެން ޓެސްޓް ކުރުމުންނެވެ.

"މިމަހުގެ އަށް ވަނަ ދުވަހު ނެގި ސާމްޕަލެއް މާލެ ފޮނުވައިގެން މިއަދު ނަތީޖާ ލިބުނުއިރު ވަނީ ޕޮޒިޓިވް ވެފަ. އޭނާ އަކީ އުމުރުން 30 އަހަރުގެ މި ރަށަށް ނިސްބަތްވާ ޒުވާނެއް،" ސާޖިދު ވިދާޅުވި އެވެ.

މިއީ ހިރިލަންދޫ މޮނޮޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ.

މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުވެސް ހިރިލަންދުއިން ޕޮޒިޓިވް ކޭހެއް ފެނިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށް:

  • ރ. ދުވާފަރު
  • ށ. ފޯކައިދޫ
  • ގދ. ނަޑެއްލާ
  • ކ. ކާށިދޫ
  • ހދ. ކުޅުދުއްފުށި
  • ހއ. ދިއްދޫ
  • މ. ކޮޅުފުށި
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ
  • ރ. އުނގޫފާރު
  • ލ. ފޮނަދޫ
  • އއ. ހިމަންދޫ
  • ތ. ހިރިލަންދޫ
comment ކޮމެންޓް