ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކު ރިންގް ރޯޑު: އެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ނިންމާލާފައި -- ފޮޓޯ/ އެމްޓީސީސީ

ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރީ، ނައިބުތުއްތު މަގުގައި ކަމަށް ފުލުހުން ބުނެއެވެ.

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި، ދެ ސައިކަލް ދުއްވި މީހުންގެ އަތުގައިވެސް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނަކަށެވެ.

އަދި އެ ދެ މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، އެތަނުން އެކަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ގެންދިއުމަށް މިހާރު މަަސައްކަތް ކުރަމުން ދެއެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް