އޮލްސެން "ހައުސް އޮފް ޑްރެގަންސް"އިން ނުފެންނާނެ

އެލިޒަބެތު އޮލްސެން: އޭނާ އެ ޝޯއަށް ހަމަޖައްސާފައިވާ ކަމަށް އޭނާ އަށް ވެސް ނޭނގޭ ---

އެޗްބީއޯގެ އެންމެ ބޮޑު ޓީވީ ޝޯ "ހައުސް އޮފް ޑްރެގަންސް"އިން މާވެލްގެ އެލިޒަބެތު އޮލްސެން ނުފެންނާނެ ކަމަށް ބުނެފިއެވެ.

މިހާރު އެޗްބީއޯއިން ދައްކާ ހައުސް އޮފް ޑްރެގަން އަކީ މިހާރު އެންމެ ގިނަ ބަޔަކު ބަލާ ޓީވީ ޝޯ އެވެ. މި ޝޯގެ އާ ސީޒަން އިއުލާނު ކުރުމާއެކު އާ ކެރެކްޓަރުން ގެންނާނެ ކަމަށް ބުންޏެވެ.

އެއާއެކު އިވެން ފެށީ، މާވެލްގެ ސްކާލެޓް ވިޗް/ ވަންޑާ މެކްސިމަވްގެ ރޯލުން ފެންނަ އެލިޒަބެތު އޮލްސެން އެ ޝޯގެ އާ ރޯލަކުން ފެންނާނެ ކަމުގެ ވާހަކަ އެވެ. އަދި ބައެއް ނޫސްތަކުން އެކަން ކަށަވަރުކޮށް ވެސް ވާހަކަ ދައްކަން ފެށިއެވެ.

ނަމަވެސް ދާދިފަހުން އޮލްސެން ވަނީ އެކަމަށް ރައްދު ދީފައެވެ. އޮލްސެން ބުނީ އެންމެ ފުރަތަމަ އިވެން ފެށީ އެ ރޯލަށް އޭނާ ކާސްޓު ކޮށްގެން އުޅުނު ވާހަކަ ކަމަށެވެ. ނަމަވެސް އެއީ އޭނާ އަށް އެއްވެސް އިރަކު މީހަކު އަންގައިފައިވާ ވާހަކައެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މިހާތަނަށް ހައުސް އޮފް ޑްރެގަންސްގެ ޕްރޮޑަކްޝަނުން އޭނާއާ ވާހަކަ ދައްކަައިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޮލްސެން ވަނީ މީގެ ކުރިން، ހައުސް އޮފް ޑްރެގަންސްގެ އޮރިޖިނަލް ޝޯ، "ގޭމް އޮފް ތުރޯންސް"އަށް އޮޑިޝަންކޮށްފައެވެ. އޭނާ އޮޑިޝަން ދިނީ "ޑެނީރީސް"ގެ ރޯލަށެވެ. ނަމަވެސް އެ ރޯލު ލިބުނީ އެމީލިއާ ކްލާކްއަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު