ފުވައްމުލަކުގައި ވެމްކޯގެ ހިދުމަތްދޭ ގަޑިތައް ބަދަލުކޮށްފި

ފުވައްމުލަކު ވެމްކޯ ސަރަހައްދު --ފޮޓޯ/ޓްވިޓާ

ފުވައްމުލަކު ސިޓީގައި ވެމްކޯއިން ހިދުމަތްދޭ ގަޑިތައް ބަދަލުކޮށްފިއެވެ.

ވެމްކޯއިން ފުވައްމުލަކުގައި ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނައީ އެ ސިޓީގެ މޮނިޓަރިން ހާލަތު އުވާލުމުންނެވެ.

އެގޮތުން ވެމްކޯ ވޭސްޓް ސެެންޓަރުން ހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 18:00 ކަށެވެ.

ހުކުރު ދުވަހު ހިދުމަތް ދޭނީ ހެނދުނު 08:00 އިން 11:00 އަށާއި މެންދުރުފަހު 14:00 އިން ހަވީރު 18:00 ކަށެވެ.

ވެމްކޯގެ ވިޔަފާރި/ކޮމާޝަލް ހިދުމަތާއި ކެޕްސް އަދި ކެޕްސް ލައިޓްގެ ހިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހުކު ހެދުނު 08:00 އިން ހަވީރު 16:00 ކަށް ލިބޭނެއެވެ.

މީގެ އިތުރުން އިދާރީ އޮފީސްގެ ހިދުމަތް ލިބޭނީ ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެދުނު 08:00 އިން ހަވީރު 16:00 އަށެވެ.

ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

comment ކޮމެންޓް