އިހަށްވުރެ މިހާރު ޓްރެވަލް އިންޝުއަރަންސް މާ މުހިންމު!

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއިން އަންނަ ކޮންމެ ބަދަލަކާއެކު ބުރަތަކެއް ވެސް އުފުލަން ޖެހިދާނެއެވެ. އަދި ވަކިން ހާއްސަކޮށް ދަތުރެއް މަތީގައި، ބީރައްޓެހި ތަނެއްގައި އުޅެވޭ އިރު މި ބުރަތައް މާ ބޮޑުވާނެއެވެ. ކޮވިޑް-19 ޕެންޑެމިކުން އަހަރެމެންނަށް ހާމަވި ހަގީގަތަކީ މިއީއެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހީ ނުކުރާ ގޮތްގޮތަށް ދުނިޔޭގެ ކަންކަން ހިނގާ ގޮތް ބަދަލުވެދާނެއެވެ. ޓްރެވަލް އިންޝުއަރަންސް އިހަށްވުރެ މިހާރު މާ ބޮޑަށް ވެސް މުހިންމު ވަނީ މި ސަބަބާ ހުރެއެވެ.

ޗުއްޓީއަށް ބޭރު ގައުމަކަށް ދާއިރު ދިމާވެދާނެ ކަމަކުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ކޮވިޑް-19އާ ގުޅިގެން އެކި ގައުމުތަކުން މަޑުމަޑުން ބޯޑަރު ހުޅުވަމުން އަންނަ އިރު، ދަތުރުކުރާ މީހުންގެ އަތުގައި ޓްރެވަލް އިންޝުއަރަންސެއް އޮތުން ލާޒިމުކުރަނީ މި ސަބަބާހުރެއެވެ.

އެލައިޑްއިން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރަންސް ވަރަށް ހާއްސައެވެ. އަގުހެޔޮވެފައި، ގަތުމަށް ވެސް ވަރަށް ފަސޭހަ އެވެ. އިތުރަށް ފަސޭހަކުރުމުގެ ގޮތުން މި އިންޝުއަރަންސަށް ހާއްސަކޮށްގެން "ޓްރެވެލާސް ޑޮޓް އެމްވީ"ގެ ނަމުގައި ވަކި ވެބްސައިޓެއް ވެސް ޑިވެލޮޕްކޮށްފައިވެއެވެ.

އެލައިޑުގެ ޓްރެވަލް އިންޝުއަރަންސްގެ ދަށުން ޕާސްޕޯޓު އަދި ބެގޭޖު ގެއްލުން، ދަތުރުމަތީގައި ބަލިވުން ނުވަތަ ވާ އަނިޔާއަކަށް އެމަޖެންސީ ފަރުވާ އަދި ޔޫރަޕަށް ދާ ނަމަ ޝެންގެން ވިސާއަށް ބޭނުންވާ ކަވަރޭޖު ފަދަ ކަންކަން ކަވަރުކޮށްދެއެވެ.

މީގެ އިތުރުން ދަތުރު ކެންސަލް ކޮށްލަން ޖެހުން، ދަތުރުމަތީގައި ކުރަން ރާވާފައިވާ ކަމެއް ކެންސަލްވުން ނުވަތަ ދަތުރު ކުރުކޮށްލާފައި އެނބުރި ގައުމަށް އަންނަން ޖެހިއްޖެނަމަ އެކަންކަންވެސް ކަވަރުކޮށްދެއެވެ. މިއީ ކޮވިޑް-19ގެ ހާލަތުގައި އެކި ގައުމުތަކުގެ އާންމު ހާލަތުގެ ސަބަބުން ވުން އެކަށީގެންވާ ބައެއް ކަންކަމެވެ.

މީގެ އިތުރުން ޓްރެވަލް އިންޝުއަރަންސް ޕޮލިސީގެ ތެރެއަށް ބައެއް އެހެން ކަންކަން ބޭނުންނަމަ އިތުރުކުރުމުގެ އިހުތިޔާރުވެސް ލިބެއެވެ. އެގޮތުން ވިޔަފާރީގެ ކަންކަމުގައި ކުރާ ދަތުރުތަކަށް ހާއްސަ ކަވަރޭޖެއް، ދަތުރު މަތީގައި ގެންގުޅޭ ނަގުދު ފައިސާ ގެއްލިއްޖެ ހާލަތެއްގައި ފޯރުކޮށްދޭ ކަވަރޭޖެއް، ގޮލްފް ކަވާ، ވިންޓާ ސްޕޯޓްސް ކަވާ އަދި އެޑްވެންޗާ ސްޕޯޓްސްގެ ގޮތުގައި ކަނޑައަޅާފައިވާ 50 ކުޅިވަރެއްގެ ކަވަރޭޖު ހިމެނެއެވެ.

އެލައިޑްގެ ޓްރެވެލާސް ވެބްސައިޓަކީ ބޭނުންކުރަން ވަރަށް ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ވެބްސައިޓު ހުޅުވާލުމާއެކު ތައްޔާރުވަމުންދާ ދަތުރަށް ޓްރެވެލް އިންޝުއަރަންސްގެ ކޯޓޭޝަނެއް ޖެނެރޭޓު ކޮށްލެވޭނެއެވެ.

ވެބްސައިޓުގައިވާ ފޯމު މެދުވެރިކޮށް ދަތުރުކުރާ މަންޒިލާރި ދަތުރުގެ މުއްދަތާއި ދަތުރުކުރާ މީހުންގެ އަދަދާއި އުމުރު ޖަހާލުމުން ވަގުތުން ކޯޓޭޝަނެއް ލިބޭނެއެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ޕޮލިސީ ކޮންފާމްކޮށް، ޕޮލިސީ ގަނެވޭނެއެވެ.

ދަތުރުކުރާ މަންޒިލާއި މުއްދަތާއި މީހުންގެ އަދަދަށް ރިއާޔަތްކޮށް އިންޝުއަރަންސްގެ އަގު ބަދަލުވި ނަމަވެސް، އެންމެ ބޭސިކް ކަވަރޭޖުތަކާއެކު ނަގާ ޓްރެވަލް އިންޝުއަރަންސްގެ އަގަކީ ނިސްބަތުން ވަރަށް ކުޑަ އަގެކެވެ.

comment ކޮމެންޓް