ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ ވަގުތެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސި ގޯނާކުރިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން ރޭ ވަނީ ސޯޝަލް މީޑިއާގައިވެސް ވީޑިއޯއެއް އާންމުވެފައެވެ. މާލޭގެ ގެއަކުން މީހަކު ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެއެވެ.

ނަމަވެސް މިކަމާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައެއް ނުވެއެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދާއިރު އެކަމާ ގުޅިގެން އާންމުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް މިފަދަ މައްސަލަތަކުގައި އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް