އަކްޝޭގެ ފިލްމު "ބެލްބޮޓަމް"ގެ ލަވަ ނެރެފި

ލަވައިގެ މަންޒަރެއް---

އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ބެލްބޮޓަމް"ގެ ޓައިޓަލް ލަވަ ދައްކާލައިފިއެވެ.

އަށްޑިހައިގެ އަހަރުތަކުގެ އިހުސާސް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ލަވައަކީ "މަރްޖާވާން"އެވެ. މި ލަވަ ކޮމްޕޯސްކޮށްފައިވަނީ ގުރްނަޒަރު ސިންހްއެވެ. އަދި ލަވަކިޔާފައިވަނީ އޭނާ އާ އަސީސް ކޯރްއެވެ. މި ލަވައިން ފެނިގެންދަނީ އަކްޝޭ ވާނީ އަށް ލޯބި ހުށައަޅާ މަންޒަރެވެ. މި ފިލްމުގައި އަކްޝޭ އާއެކު ފެނިގެންދާނީ ބަތަލާ ވާނީ ކަޕޫރެވެ.

ލަވަ ރިލީޒްކުރުމުން ލަވަ އާންމުންނާ ހިއްސާކުރަމުން އަކްޝޭ ބުނީ މި ލަވައިގެ ޓިއުން އަކީ ލަވަ ޝޫޓްކުރި ހިސާބުން ފެށިގެން އޭނާގެ ބޮލުތެރޭގައި ހަރުލާފައިވާ ޓިއުނެއް ކަމަށެވެ. އަދި މިއީ ފިލްމުން އޭނާ އަށް އެންމެ ކަމުދާ ލަވަކަމަށެވެ.

ތިއޭޓާ ތަކުގައި ރިލީޒްކުރަން އަމާޒު ހިފާފައިވާ މި ފިލްމަކީ އަންނަ މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ ފިލްމެކެވެ. ރަންޖީތު އެމް ތިވާރީ ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ލާރާ ދައްތާ އަދި ހުމާ ގުރައިޝީއެވެ.

comment ކޮމެންޓް