"ސްޓްރޭންްޖާ ތިންގްސް 4" ގެ އާ ޓީޒާއެއް، ސީޒަން އަންނަ އަހަރު

ޓީޒާގެ މަންޒަރެއް---

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ހަތަރު ވަނަ ބައިގެ އާ ޓީޒާއެއް ދައްކާލައިފިއެވެ.

އަންނަ އަހަރު ރިލީޒްކުރަން ތާވަލްކޮށްފައިވާ މި ސީރީޒުގެ ތިން ވަނަ ބައެއް އާންމުންނާ ހަމައަށް އައީ 2019 ވަނަ އަހަރުއެވެ. ކޮވިޑް ޕެންޑެމިކްގެ ސަބަބުން މި ސީރީޒް ޝޫޓްކުރުން މެދުކެނޑުނުއިރު ސީރީޒް ޝޫޓްކުރަން ފެށީ މިދިޔަ އަހަރު ފަހުކޮޅުއެވެ. މިފަހަރުގެ ސީޒަންގައި ސީރީޒްގެ ތަރި މިލީ ބޮބީ ބްރައުން (އެލެވެން)ގެ ބެކް ސްޓޯރީ އެނގިގެންދާނެއެވެ.

މި ސީޒަންގެ އާ ޓީޒާކޮޅު ދައްކާލި ނަމަވެސް ސީރީޒް ދައްކާނެ ތާރީޚެއް ހާމަކޮޮށްފައެއް ނުވެއެވެ. ހަމަ ގައިމުވެސް ސްޓްރޭންޖާ ތިންގްސްގެ އާ ބައެއް މިއަހަރަކު ނުފެންނާނެއެވެ. ކުރިން އެންމެން ވެސް އުންމީދުކޮށްގެން ތިބީ މި އަހަރު މި ސީރީޒްގެ ހަތަރު ވަނަ ބައި ނެޓްފްލިކްސް އަށް އަންނާނެ ކަމަށެވެ.

ތިން ވަނަ ސީޒަން ނިމުނުއިރު ގިނަ ބަޔަކު ހީކޮށްގެން ތިބީ ހޮޕާ މަރުވީކަމަށެވެ. ނަމަވެސް ހަތަރު ވަނަ ސީޒަންގެ ޓީޒާގައި ހޮޕާ ފެނުމުން ސްޓޭންޖާ ތިންގްސްގެ ފޭނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ އެވެ.

comment ކޮމެންޓް