އޭކްމޭ އޯރު އޭކްތޫ އެޅުވުމާއެކު 33 ކްރޯޑް ހޯދައިފި

ކަރަންޖޯހަރުގެ " އޭކްމޭ އޯރު އޭކްތޫ" އެޅުވި ހަފުތާގައި 33 ކްރޯޑް އެ ފިލްމް ހޯދައިފި އެވެ. މަޖާ ލޯބީގެ ކޮމިޑީއެއްގެ ގޮތުގައި ލޯބިވެރިންގެ ދުވަހާ ދިމާކޮށް ސިނަމާތަކުގައި އެޅުވި މިފިލްމުގެ ލީޑް ރޯލް އަދާކޮށްފައިވަނީ ކަރީނާ ކަޕޫރާއި އިމްރާން ހާނެވެ.

މިފިލްމަށް އިންޑިޔާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ދަނީ ބޮޑު ތަރުހީމެއް " އޭކްމޭ އޯރު އޭކްތޫ" އަށް ލިބެމުންނެވެ.

އެގޮތުން އެފިލްމް އެޅުވި ފުރަތަމަ ދުވަހު 5.25 ކުރޯޑް ހޯދާފައިވާއިރު ދެވަނަ ދުވަހު އެއަދަދު ވަނީ 7.5 ކުރޯޑަށް އަރާފަ އެވެ. ތިން ވަނަ ދުވަހު 8.5 ކުރޯޑް އެފިލްމް ހޯދިއިރު ހަތަރު ވަނަ ދުވަހު އެއަދަދު 2.75 ކުރޯޑަށް ވެއްޓުމަށްފަހު ލޯބިވެރިންގެ ދުވަހު އެ އަދަދު އެއަދު 4.75 އަށް ޖެހިގެން އައި ދުވަހު އަނެއްކާ ވެސް އެއަދަދު ވަނީ 2.15 އަށް ވެއްޓިފަ އެވެ. ފިލްމަށް ފާއިތުވި ހަފްތާގައި ލިބުނު ޖުމްލަ ކާމިޔާބީއަށް ބަލާއިރު އެއަދު ވަނީ 32.75 ކުރޯޑަށް އަރާފަ އެވެ.

އަގްނީޕަތަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު ސިނަމާތަކުގައި އެޅުވި " އޭކްމޭއޯރުއޭކުތޫ" ގެ މުޅި އިންވެސްޓްމަންޓަށް 35 ކްރޯޑް އިންޑިޔަން ހަރަދުކޮށްފައިވާއިރު ފިލްމް އެޅުވި ފުރަތަމަ ހަފްތާގައި ވެސް އެއިންވެސްޓްމަންޓް ކަވާކުރެވި ފައިދާވާން ފަށާފައިވާ ކަމަށް ބޮލީވުޑް ރިޕޯޓްތައް ބުނެ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު