ސައުދީގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން މާޒިޔާ އެއްވަރުވެއްޖެ

ސައުދީ އަރިބިއާގައި ކުޅުނު މެޗައްފަހު މާޒިޔާގެ ކުޅުންތެރިން--- ފޮޓޯ: މާޒިޔާ ސްޕޯޓްސް

އޭއެފްސީ ކަޕްގެ ގްރޫޕް މެޗުތަކައް ތައްޔާރުވުމުގެ ގޮތުން ސައުދީ އަރަބިއްޔާގައި ކޭމްޕްކޮށްފައިވާ ރާއްޖޭގެ ޗެމްޕިއަނުން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބު ކުޅުނު އެކުވެރިކަމުގެ ދެވަނަ މުޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ސައުދީގެ އަލް ވަހްދާއާއި މާޒިޔާ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0ން އެއްވަރުވެގެންނެވެ. ސައުދީ ދެވަނަ ޑިވިޝަންގައި ވާދަކުރާ އަލް ވަހްދާ އާއި ދެކޮޅަށް މާޒިޔާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އެފްއޭއެމްއިން ފަހިކޮށްދިން މިފުރުސަތުގައި މާޒިޔާއިން ސައުދީގައި ތިން މެޗު ކުޅޭނެއެވެ. އެގޮތުން އެޓީމު ކުޅޭ ފަހު މެޗުގައި ކުޅޭނީ ޖިއްދާ ކްލަބްއާއި ދެކޮޅަށެވެ. ޖިއްދާ ކްލަބަކީވެސް ސައުދީ ދެވަނަ ޑިވިޝަނުގައި ކުޅޭ ޓީމެކެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް މާޒިޔާއިން ތައްޔަރުވަމުންދާއިރު އެޓީމު ހިމެނެނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް ހިމެނޭ ދެކުނު އޭޝިއާއަށް ނިސްބަތްވާ ގްރޫޕެއްގައެވެ. މި ގްރޫޕުގެ ހަތަރުވަނަ ޖާގަ ލިބޭ ޓީމެއް ޔަގީންވާނީ ޕްލޭއޮފް މެޗަށްފަހުއެވެ.

ޕްލޭއޮފް މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ބެންގަލޫރު އެފްސީއެވެ.

comment ކޮމެންޓް