އެމްބެސެޑާ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުންނުކުރަން އަންގައިފި

އެމްބެސެޑާ ބްރޭންޑްގެ އުފެއްދުންތަކެއް.

އެމްބެސެޑާ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެ އޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، 'އެމްބެސެޑާ' ބްރޭންޑްގެ ވެޖިޓަބަލް ކްރީމް އުފައްދަން ބޭނުންކުރާ އިންގްރިޑިއެންޓްއެއް ކެމިކަލް އަކުން ތަޣައްޔަރު ވެފައިވާ ކަމުގެ މައުލޫމާތު އެމްއެފްޑީއަށް ލިބިފައިވާކަމަށެވެ. އެ މައުލޫމާތު އެމްއެފްޑީއޭއާ ހިއްސާކުރީ ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް (އާރް.އޭ.އެސް.އެފް.އެފް) އިންނެވެ.

އެ ކްރީމް އުފެއްދުމަށް ބޭނުން ކޮށްފައިވާ އިންގްރިޑިއަންޓެއް ކަމަށް ވާ 'ލޯކަސްޓް ބީން ގަމް' އެތިލީން އޮކްސައިޑް ނަމަކަށް ކިޔާ ކެމިކަލްއަކުން ތަޣައްޔަރު ވެފައި ވާކަކަމަށް އާރް.އޭ.އެސް.އެފް.އެފްއިން އެމްއެފްޑީއޭއަށް އަންގާފައިވާކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން އެމްއެފްޑީއޭ އިން ވަކި އެއްޗެއް އަންގަންދެން އެމްބެސެޑާ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރުމަށް އެ އޮތޯރިޓީއިން ވަނީ އަންގާފައެވެ.

ކުޑަކުދިންނަށް ކާންދިނުމަށް ބޭނުންކުރާ މުޝީ ބްރޭންޑްގެ ތަށިވެސް ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ މި ހަފްތާ ތެރޭ އަންގާފައެވެ.

comment ކޮމެންޓް