ޕްރިމިއާ ލީގު ކަވަރޭޖް މިފަހަރުވެސް އައިސް ސްޕޯޓްސްއިން

އިނގިރޭސި ޕްރިމިއާ ލީގުގެ ކަވަރޭޖް މީޑިއާނެޓްގެ އައިސް ސްޕޯޓްސްއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން ބުނީ އޮގަސްޓް 14 ވަނަ ދުވަހު ފަށާ ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް މީޑިއާނެޓް މެދުވެރިކޮށް ލައިވް ކުރާނެކަމަށެވެ. އެގޮތުން މީޑިއާނެޓްގެ ޗެނަލް، އައިސް ސްޕޯޓްސް (ނަންބަރު-102) އަދި ޕްރިމިއާ ލީގު ޓީވީ (ޗެނަލް-880) އިން މެޗުތައް ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ލީގު ފެށެން ގާތް ވެފައިވާއިރު ކްލަބުތަކުން އަންނަނީ ގިނަ އަދަދެއްގެ ޓްރާންސްފާތަކެއް ނިންމަމުންނެވެ. މެންޗެސްޓާ ޔުނައިޓެޑުން ވަނީ އިނގިރޭސި ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ޖޭޑަން ސަންޗޯ އަދި ފްރާންސްގެ ގައުމީ ޓީމުގެ ޑިފެންޑަރު ރަފައެލް ވަރާން އެކުލަބަށް ގެނެސްފައެވެ.

ޕްރިމިއާ ލީގު އާ ސީޒަން ފަށައިދޭ މެޗުގައި އޮގަސްޓް 14 ވަނަ ދުވަހު ބައްދަލު ކުރަނީ އާސެނަލް އާއި ބްރެންޓްފޯޑްއެވެ. މެޗުތައް މަލްޓި ސްކްރީން ފޯނު، ލެޕްޓޮޕް އަދި ޓެބްލެޓްއިން ވެސް ބެލޭނެއެވެ.

މުބާރާތުގެ މެޗުތައް ކުޅޭ ގަޑިތައް މީޑިއާނެޓްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެނިގެން ދާނެއެވެ.

comment ކޮމެންޓް