ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ވެކްސިން ކެމްޕޭނެއް ފަށައިފި

ފެބްރުއަރީ 4، 2021: މާލޭގައި ކޮވިޑް ވެކްސިން ޖެހުން ކުރިއަށްދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވެކްސިން ޖެހުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

އެ މިނިސްޓްރީން ވަނީ މި ކެމްޕެއިންގައި ބޭނުން ކުރާ މެސެޖް އަދި ހޭޝްޓެގް އާއްމުކޮށްފަ އެވެ.

ހޭޝްޓެގް: #ދަރިވަރުންނަށްރައްކާތެރިކަން

ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން މެދުވެރިކޮށް މި ކެމްޕެއިންގައި ކޯވިޑް19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މައުލޫމާތު ދޭނެ ކަމަށެވެ.

ސްކޫލްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މި ކެމްޕެއިން ކުރިއަށްދާނެ އެވެ.

ތައުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މުއައްޒަފުން މިހާރުވެސް ވެކްސިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މަގްސަތުގައި، ދަރިވަރުންނާ ގުޅުންހުރި ހުރިހާ ފަރާތްތަކަކީވެސް ކޮވިޑް19 އިން ރައްކާތެރި ވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަަސައްކަތް ކުރަމުންނެވެ.

ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލްތަކުގައި ހަރުދަނާ ފިޔަވަޅު ތަކެއް އަޅާފައި ވެއެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުން ސްކޫލްތަކަށް ވަނުން އަންނަ މަހުން ފެށިގެން މަނާވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް