ހުނަރުތައް ދައްކާލަން އީ-ޓުކުރިން ޓިކްޓޮކް ޗެލެންޖެއެއް

އީ-ޓޫކުރިން ފަށާފައިވާ ޓިކްޓޮކް ޗެލެންޖްގެ ޕޯސްޓާ --ފޮޓޯ/ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މޯލްޑިވްސް ޕޯސްޓުގެ އީ-ކޮމާސް ޕްލެޓްފޯމް، އީ-ޓުކުރިން ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.

އީ-ޓުކުރިން ފަށާފައިވާ މި ޓިކްޓޮކް ޗެލެންޖްގައި ތިން މައުޟޫއެއްގެ ތެރެއިން ބޭނުން އެއް މައުޟޫއަކަށް ވީޑީއޯ ހެދުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އޮންލައިން ޝޮޕިންގެ ފައިދާއާއި އޮންލައިން ޝޮޕިންގެ އުކުޅުތަކުގެ އިތުރުން އީ-ޓުކުރިއާ ބެހޭގޮތުން ޓިކްޓޮކް ހެދޭނެއެވެ.

މައުޟޫއުތަކަށް ޓިކްޓޮކް ހަދާފަ ހުށަހަޅާ މީހުންގެ ތެރެއިން ދެމީހަކަށް 3,000 ރުފިޔާގެ އިނާމެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެންމެ ގިނަ ލައިކްސް ލިބޭ މީހާގެ އިތުރުން އެންމެ އުފެންދުންތެރި ވީޑިއޯ ހުށަހަޅާ މީހާއެވެ.

އީޓުކުރީގެ ޓިކްޓޮކް ޗެލެންޖްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވީޑިއޯ އަޕްލޯޑް ކުރުމަށްފަހު "eTukuri.mv" ޓެގު ކުރުމުން ބައިވެރި ވެވޭނެއެވެ.

ޗެލެންޖްގައި ބައިވެރިވުމަށް ވީޑީއޯ ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 31 ވަނަ ދުވަހެވެ. މި ޗެލެންޖާއި ބެހޭ އިތުރު މައުލޫމާތު ހޯދާލުމަށް 7632513 އަށް ގުޅާލުމުން އިތުރު މައުލޫމާތު ލިބޭނެއެވެ.

އީ-ޓުކުރިއަކީ ޒަމާނީ ޓެކްނިލޮޖީގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އޮންލައިންކޮށް ވިޔަފާރިކުރުމާއި، ތަފާތު ބާވަތްތަކުގެ މުދާ ގަނެ ވިއްކުމަށް އުފައްދާފައިވާ އީ-ކޮމާސް ޕްލެޓްފޯމްއެކެވެ.

މޯލްޑިވްސް ޕޯސްޓުގެ އީ-ޓުކުރި ޕްލެޓްފޯމްގެ އަމާޒަކީ ރާއްޖޭގެ އެކި ރަށްތަކާއި އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް ގުޅުވާލާ ވިޔަފާރި ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.

comment ކޮމެންޓް