ސިންދްރެއްލާގެ ޓްރެއިލާ ވަރަށް ރީތި!

ސިންދްރެއްލާ ފިލްމުގެ ޓްރެއިލާ އިން ފެނިގެންދާ މަންޒަރެއް---

ލަވަކިޔުންތެރިޔާ ކަމީލާ ކެބޭލޯގެ ފުރަތަމަ ފިލްމު "ސިންދްރެއްލާ"ގެ ރަސްމީ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

ސިންދްރެއްލާގެ ރޯލުން ކަމީލާ ފެނިގެންދާ މި ފިލްމުގެ ޓްރެއިލާ އިން ފެނިގެންދަނީ ސިންދްރެއްލާ އޭނާގެ އަމިއްލަ ކުޑަ ވިޔަފާރިއެއް ފަށައިގެން އުޅޭތަނެވެ.

އަދި އޭނާގެ ދޮންމަންމައާ ދައްތައިގެން ނުފޫޒުގަދަ ތަންވެސް ޓްރެއިލާއިން ފެނިގެންދިޔައެވެ.

މި ފިލްމުގައި ޕްރިންސްގެ ރޯލު ކުޅޭނީ ޒުވާން އެކްޓަރު ނިކޮލަސް ގަލިންޒީއެވެ. ސިންދްރެއްލާ އަކީ ކުރިން ތިއޭޓާތަކުގައި އަޅުވަން ނިންމި ފިލްމެކެވެ.

ނަމަވެސް މިހާރު އޮތްގޮތުން ނަމަ ފިލްމު ސްޓްރީމްކުރާނީ އެމެޒޮން ޕްރައިމްގައެވެ.

އަންނަ މަހުގެ ތިން ވަނަ ދުވަހު ފިލްމު ދައްކާއިރު މި ފިލްމަކީ ކޭ ކެނަން ޑައިރެކްޓްކޮށް ސްކްރީންޕްލޭ ލިޔުނު ފިލްމެކެވެ. އެ ފިލްމުގައި ގޯޑްމަދާގެ ރޯލުން ފެނިގެންދާނީ ބިލީ ޕޯޓާއެވެ.

އިޑީނާ މެންޒެލް ދޮންމަންމަގެ ރޯލުން ފެނިގެންދާއިރު ސިންދްރެއްލާގެ ދޮންމަންމަގެ އަންހެން ދަރިންގެ ރޯލުން ފެނިގެންދާނީ މެޑީ ބެއިލިއޯ އާއި ޗާލޮޓް ސްޕެންސާ އެވެ.

comment ކޮމެންޓް