ސައީދުގެ ރައްދު މައުސޫމަށް: އަޅުގަނޑުމެން "ޖޭ" ވާންވީ ގައުމުގެ ރައްޔިތުން ނިކަމެތިވާތީތޯ؟

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ކޯލިޝަންގެ މެމްބަރުން ޖޭ ވާންވީ މިއަދު ގައުމުގެ ރައްޔިތުން ނިކަމެތި ވާތީތޯ ސުވާލު އުފައްދަވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް ރައްދު ދެއްވައިފިއެވެ.

މިނިސްޓަރު މައުސޫމްގެ ޓުވީޓަށް ރައްދު ދެއްވަމުން ސައީދު "ސަން" އަށް ވިދާޅުވީ މިއަދުގެ ސަރުކާރުން ގައުމުގެ ހަރު މުދާތައް ރަހުނުކުރަމުން ދާއިރު އެކަމުގައި ޖޭ ވާންވީ އެއްވެސް ކަމެއް އެބައޮތްތޯ ސުވާލުކުރައްވާފައެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިއޮތީ މިހާރު. އެތާނގައި ދިވެއްސަކު ނެތް މިހާރު އޮޕަރޭޓު ކުުރާކަށް. ހުސް ބޭރު މީހުން. އެ މީހުން ތިބީ ޗުއްޓީގައި. އަހަރެއް ތެރޭ ހަތަރު ފަހަރު ޗުއްޓީ ނަގައިފި. އެތާ ހިނގާ ތަރައްގީގެ އެއްވެސް މަޝްރޫއެއްގައި އެމީހުން ބައިވެރިއެއް ނުވޭ. އައްޑޫގައި ހުރި ބޮޑު ހިލަތައްވެސް ނުވެސް އަންގާ އެޔޮއް ގެންގޮސް ޕޮލިސް އެކަޑަމީއަަށް ލަނީ،" ސައީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދުގެ ސަރުކާރުން މި ގައުމުގައި ހުރި ހުރިހާ ބިމެއް ވިއްކާ ނިންމައިފިކަމަށެވެ.

އަދި ގިނަ އަދަދަކުން ލޯނު ނަގަމުން އަންނަ އިރު އެ ލޯނުތައް ނުދެއްކިއްޖެ ނަމަ އެ ލޯނުގެ މިލްކުވެރިކަން ދަނީ އިންޑިއާގެ ދަށަށް ކަމަށް އޭނާ ވިދާޅުވިއެވެ.

" މައުސޫމު ކުރެ އައްސަވާ ކޮންކަމަކާތޯ އަޅުގަނޑުމެން ޖޭ ވާންވީ. ގައުމުގެ ރައްޔިތުން ނިކަމެތި ވާތީތޯ؟ މިނިސްޓަރު މައުސޫމު ކުޑަ ގޮޅިއެއްގަި އިންނެވީމާ ގައުމުގައި ވާ ކަންކަން ނޭނގިދާނެ،" ސައީދު ވިދާޅުވިއެވެ.

ސައީދުގެ ރައްދު މިނިސްޓަރު މައުސޫމަށް އަމާޒުވެފައިވަނީ މިނިސްޓަރު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. އެގޮތުން މިނިސްޓަރު މައުސޫމު ވިދާޅުވީ މިއަދުގެ ސަރުކާރު ވެރިކަން ކުރަމުން އަންނަނީ އިދިކޮޅު ކޯލިޝަންގެ މެމްބަރުން ޖޭ ވެގެންދާ މިންވަރަށް ކަމަށެވެ.

comment ކޮމެންޓް