އޮޅުވާލައިގެން ފޯނުކޯލަކުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކުރުން. -- ފޮޓޯ/ޕޮލިސް

މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.

މި މައްސަލައިގައި ހޯދަން ފުލުހުން އިއުލާނު ކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ސ. މަރަދޫ، މީނާޒް، މައުމޫން ނާސިރުއެވެ. ފުލުހުން ބުނި ގޮތުގައި އެމީހާ ހޯދަމުން ދަނީ ފޯނުކޯލު ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައެއްގައެވެ.

އޭނާ މަކަރުން ހޯދާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހޯދަން އިއުލާންކުރީ އޭނާ ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުކުރަން އެންގުމުގެ ގޮތުންނެވެ.

އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ ގަވާއިދުގެ މަތިން، ތަހުގީގަށް ހާޒިރުވުމަށް އޭނާ އަށް ފުލުހުން ވަނީ އަންގާފައެވެ. އެހެންކަމުން މި މަހުގެ 10 ވަނަ ދުވަހުގެ 11:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާ އަށް އަންގާފައެވެ.

comment ކޮމެންޓް