އޮޑިޓާ ޖެނެރަލް އޮފީހުން ފައިނޭންޝަލް އޮޑިޓާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ -- ފޮޓޯ/ އޮޑިޓު އޮފީސް

އޮޑިޓާ ޖެނެރަލް ގެ އޮފީހުން އެ އޮފީހުގެ މުއައްޒަފުންނަށް ފައިނޭންޝިއަލް އޮޑިޓާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

އެ އޮފީހުން ބުނީ މި ތަމްރީނު ޕްރޮގްރާމް ފަށާފައިވަނީ އިއްޔެކަމަށެވެ. އަދި މި ޕްރޮގްރާމަކީ އިންޑިއަަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ގެ ފަރާތުން ކުރިއަށް ގެންދާ ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ކަމަށް އެ އޮފީހުން ބުނެއެވެ.

މިފަހަރުގެ މި ޕްރޮގްރާމްގައި ޖުމްލަ 20 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

އެ އޮފީހުން ބުނީ މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށްކަމަށެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް މިފަދަ ތަމްރީނު ޕްރޮގްރާމެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ކުރިއަށް ގެންގޮސްފައެެވެ.

އެގޮތުން އެފަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އެ އޮފީހުގެ އެކި މަގާމުތަކުގެ މުއައްޒަފުންވަނީ ތަމްރީނުވެފައެވެ.

comment ކޮމެންޓް