ހޮސްޕިޓަލްގެ މުވައްޒަފަކު ޕޮޒިޓިވްވެ، އުނގޫފާރު ތިންވަނަ ފަހަރަށް މޮނިޓަރިން އަށް

ރ. އުނގޫފާރު --

ރ. އުނގޫފާރު ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް ތިންވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ އެ ރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ޕޮޒިޓިވް ވުމާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މީހާ ޕޮޒިޓިވް ކަން އެނގުމާއެކު މިހާރު ކޮންޓްކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އުނގޫފާރު ހޮސްޕިޓަލުން ނެގި ފްލޫ ސާމްޕަލެއް ޕޮޒިޓިވް ވެގެން މިރޭ މޮނިޓަރިން އަށް ލީ. އޭނާ އަކީ އުމުރުން 25 އަހަރުގެ އަންހެނެއް. މި ރަށު ރައްޔިތެއް އަދި ހޮސްޕިޓަލްގެ ސްޓާފެއް،" ރަޝީދު ވިދާޅުވިއެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށް:

  • ޏ. ފުވައްމުލައް
  • ރ. ދުވާފަރު
  • ގއ. ކޫއްޑޫ
  • ށ. ފޯކައިދޫ
  • ގދ. ނަޑެއްލާ
  • ކ. ކާށިދޫ
  • ހދ. ކުޅުދުއްފުށި
  • ހއ. ދިއްދޫ
  • މ. ކޮޅުފުށި
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ
comment ކޮމެންޓް