އިމްތިހާން ހެދުމަކާ ނުލައި 25 ގައުމެއްގެ މީހުންނަށް ދާއިމީ ލައިސަންސް

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްުޔާސް

ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމު ތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް، އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ގައުމު ތަކުގެ ލިސްޓެއް އާއްމު ކޮށްފިއެވެ.

އިމްތިހާން ހެދުމަކާއި ނުލައި ލައިސެންސް ދޫކުރާނެ ގައުމު ތަކުގެ ލިސްޓް:

  • އަފްޣާނިސްތާން
  • ބޫޓާން
  • އިންޑިޔާ
  • ނޭޕާލް
  • ޕާކިސްތާން
  • ސްރީލަންކާ
  • ބުރުނައި
  • ކެމްބޯޑިއާ
  • އިންޑޮނީޝިއާ
  • ލާއޯސް
  • މެލޭޝިއާ
  • މިޔަންމަރ
  • ފިލިޕީންސް
  • ސިންގަޕޯރ
  • ތައިލެންޑް
  • ވިއެޓްނާމް
  • ޖަޕާން
  • ޔުނައިޓެޑް ކިންގްޑޮމް
  • ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ
  • ޗައިނާ
  • ޔުނައިޓެޑް އެރެބް އެމިރެޓްސް
  • ސްވިޓްޒަރލެންޑް
  • ސަޢުދީ ޢަރަބިޔާ
  • ބެލްޖިއަމް
  • ޖަރމަނީ

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ދާދި ފަހުން ގެނެވުނު އިސްލާހާއެކު، އެ މިނިސްޓްރީން ގަބޫލުކުރާ ގައުމު ތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް، އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް އެ މިނިސްޓްރީއަށް އިޚްތިޔާރު ތަކެއް ލިބިދީފައި ވެއެވެ.

comment ކޮމެންޓް