ކާތިކްގެ "ފްރެޑީ"ގެ ޝޫޓިން ފަށައިފި

ބަތަލު ކާތިކް އާރްޔަން---

ބޮލީވުޑްގެ ޑިމާންޑް ބޮޑު އެކްޓަރު ކާތިކް އާރްޔަންގެ ކުރިއަށް އޮތް ފިލްމު "ފްރެޑީ"ގެ ޝޫޓިން ފަށައިފިއެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ޝޫޓިން މުމްބާއިގައި ފަށާފައެވެ.

މި ފިލްމަކީ ރޮމޭންޓިކް ތްރިލާއެކެވެ. ފިލްމުގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީގައި ކާތިކް ހިއްސާކުރަމުން ބުނީ ފިލްމުގެ ޝޫޓިން ފަށައިފިކަމަށެވެ.

މި ފިލްމަކީ ކާތިކް އާ އެކްތާއެކުގައި ކުރާ ފުރަތަމަ މަސައްކަތެވެ.

ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ މި ފިލްމުގެ އަންހެން ބަތަލާއަކީ ކާކުކަން އަދި ހާމަކޮށްފައިނުވި ނަމަވެސް މި ފިލްމުން ކާތިކް އާއެކު ފެނިގެންދާނީ ކެޓްރީނާ ކާއިފް ކަމަށް ގިނަ ހަބަރުތައް ބުނެއެވެ.

އެހެންވެއްޖެނަމަ މި ފިލްމުވެގެންދާނީ ކެޓްރީނާ އާ ކާތިކް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

އެކްޓަރު ކާތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ނެޓްފްލިކްސްގައި ރިލީޒްކުރާ ފިލްމު "ދަމާކާ" އިންނެވެ. އެ ފިލްމުގައި އޭނާ ކުޅެނީ ނޫސްވެރިއެއްގެ ކެރެކްޓާއެވެ.

comment ކޮމެންޓް