އުތުރު ކޮރެއާއަށް ތެޔޮ އެތެރެކުރި ބޯޓެއް އެމެރިކާއިން އަތުލައިފި

އެމެރިކާއިން އަތުލައިގަތް ތެޔޮ ބޯޓު- ފޮޓޯ: އޭއެފްޕީ

އުތުރު ކޮރެއާގެ އުޅަނދު ތަކަށް ތެޔޮ އެތެރެކުރި ސިންގަޕޫރުގެ ތެޔޮ ބޯޓެއް އެމެރިކާއިން އަތުލައިފިއެވެ.

މިވަގުތު ކެމްބޯޑިއާގައި އޮތް އެމް/ޓީ ކަރޭޖިއަސް ތެޔޮ ބޯޯޓު އެމެރިކާގެ ބެލުމުގެ ދަށަށް ގެނައުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ.

ކަރޭޖިއަސް ތެޔޮ ބޯޓުގެ ވެރިމީހާ އަދި ސިންގަޕޫރުގެ ވިޔަފާރިވެރިޔާ ކްވެކް ކީ ސޭންގް އުތުރު ކޮރެއާއަށް ތެޔޮ އެތެރެ ކުރަން އެހީތެރިވެ މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ވެސް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

އެމެރިކާގެ ކޯޓަކުން މި ހުކުމް ކޮށްފައިވަނީ އުތުރު ކޮރެއާގެ އުޅަނދު ތަކަށް ތެޔޮ ގެންގޮސް ނަހަމަ ގޮތުގައި އުތުރު ކޮރެއާއަށް ތެޔޮ އެތެރެ ކުރި ކަމުގެ ތުހުމަތުގައެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮޖެކްޓް ތަކުގެ ސަބަބުން އެގައުމަށް ތެޔޮ އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

އުތުރު ކޮރެޔާއިން ކަރޭޖިއަސް ބޯޓު ބޭނުން ކޮށްފައިވަނީ މަނާކުރުމުގެ ސަބަބުން އެމެރިކާއަށް ނޭނގި ތެޔޮ އެތެރެ ކޮށްގެން ނިއުކްލިއާ މިސައިލް ހެދުމަށް ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

comment ކޮމެންޓް