ބޯޓުގައި ރޯވި އަލިފާނުގެ ސަބަބުން ލަންކާގައި 417 ވެލާ މަރުވެއްޖެ

ރޯވި އެމްވީ އެކްސްޕްރެސް ޕިއާލްގައި ގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކުގެ ތެރެއިން 417 ވެލާ މަރުވެފައިވާކަމަށް އެ ގައުމުން ވަނީ ބުނެފައި

ލަންކާގެ ނެގަމްބޯ އާ ދިމާލުން ކަނޑުގެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލްތަކަކާއެކު ދަތުރުކުރަމުންދަނިކޮށް، މިދިޔަ މަހު އެމްވީ އެކްސްޕްރެސް ޕިއާލްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދިރުންތަކުގެ ތެރެއިން 417 ވެލާ މަރުވެފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.

އެ ބޯޓުގައި ރޯވެ އެތައް ކެމިކަލެއް ކަނޑަށް އެޅިފައިވާއިރު އޭގެ ސަަބުބުން އެ ސަރަހައްދުގެ ބީޗުތައްވެސް ވަނީ ކެމިކަލުން ތަޣައްޔަރުވެފައެވެ.

އަދި ގިނަ އަދަދެއްގެ މަސްމަހާއި ކަނޑުގެ ދިރުންތައް މަރުވެ އެއްގަމަށް ވެސް ވަނީ ލައްގާފައެވެ.

އެގޮތުން މިހާތަނަށް 417 ވެލާ މަރުވެ 48 ކޯ މަހުގެ އިތުރުން އަށް ބޮޑުމަސްވަނީ މަރުވެފައެވެ.

މިދިޔަ މަހު ރޯވި އެމްވީ އެކްސްޕްރެސް ޕިއާލް

މިއީ މިހާތަނަށް ލަންކާ އަށް ކުރިމަތިލާން ޖެހުނު ތިމާވެށީގެ އެންމެ ބޮޑު ކާރިސާއެވެ.

އެ ބޯޓު ދަތުރުކުރަމުން ދިޔައީ 25 މެޓްރިކް ޓަނުގެ ނައިޓްރިކް އެސިޑާއެކުއެވެ. ހަމައެއާއެކު އެތައް ޓަނެއްގެ ކުދި ކުދި ޕްލާސްޓިކް ޕެލެޓުވެސް އެ ސަރަހައްދުގެ ބީޗަށްވަނީ ލައްގާފައެވެ.

comment ކޮމެންޓް