އިމުގަ އަންނަނީ އަޕްގްރޭޑް ކުރެވެމުން، ހިދުމަތް ދިނުމުގައި ދަތިވެދާނެ: އިމިގްރޭޝަން

ޖުލައި 15، 2020: އިމިގްރޭޝަން އޮފިސަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން އެޕް އިމުގަ އަށް މުހިންމު އަޕްގްރޭޑެއް ގެނައުމުގެ މަސައްކަތް މިއަދު ކުރިޔަށް ދާތީ ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމްގްރޭޝަނުން ބުނީ މާދަމާއަށް މި މަސައްކަތް ނިންމާލެވޭނެކަމަށާއި އެއާއެކު އަލުން އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ މިއަދު ރާއްޖެއިން ބޭރަށް އަދި ރާއްޖެ އެތެރެވާ ފަރާތްތަކުން ހެލްތު ޑިކްލަރޭޝަން ފޯމްވެސް ހުށަހަޅަން ނުޖެހޭނެކަމަށެވެ.

އެހެންނަމަވެސް ރާއްޖެ އަންނަ އިރު އަތުގައި 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ އޮންނަންވާނެކަމަށެވެ.

https://twitter.com/ImmigrationMV/status/1421197078688985088

މި ދުވަސްވަރަކީ ޗުއްޓީ ނިމުމަކާ ގާތްވެފައި ދުވަސްވަރު ކަމަށް ވުމާއެކު ރާއްޖެއިން ބޭރަށް ދިޔަ ގިނަ މީހުން އަންނަނީ އެނބުރި ގައުމަށް އަންނަމުންނެވެ.

އަދި ކޮވިޑް ގެ ހާލަތު ރަނގަޅުވެ ރާއްޖެއަށް ފަތުރުވެރިން އައުމުގައިވެސް ގިނަ ލުއިތަކެއްވަނީ ދީފައެވެ.

comment ކޮމެންޓް