ތޮއްޑުއާއި ރަސްދޫގެ މޮނިޓަރިން އުވާލައިފި

އއ. ތޮއްޑޫ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އއ. އަތޮޅު ތޮއްޑޫ އާއި ރަސްދޫގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ތޮއްޑޫ މޮނިޓަރިންއަށް ލާފައި ވަނީ މޭ 24 ވަނަ ދުވަހު އެވެ. މީގެ ކުރިން ވެސް ތޮއްޑޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވެއެވެ. އެގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައިވެސް އެރަށަށް ވަނީ އަރާ ފޭބުން މަނާ ކޮށްފައެވެ.

އއ. ރަސްދޫ މޮނިޓަރިން އަށް ލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. މޮނިޓަރިންގެ ހާލަތުގައި 12 ދުވަސް އޮތުމަށްފަހު މިއަދު ރަސްދޫގެ މޮނިޓަރިންވެސް ވަނީ އުވާލާފައެވެ.

މިއާއެކު މިވަގުތު މޮނިޓަރިންގައި އޮތީ 11 ރަށެވެ. އެ ރަށްތަކަކީ:

  • ޏ. ފުވައްމުލައް
  • ރ. ދުވާފަރު
  • ގއ. ކޫއްޑޫ
  • ށ. ފޯކައިދޫ
  • ގދ. ނަޑެއްލާ
  • ކ. ކާށިދޫ
  • ހދ. ކުޅުދުއްފުށި
  • ހއ. ދިއްދޫ
  • މ. ކޮޅުފުށި
  • ށ. ފީވައް
  • ހއ. ތަކަންދޫ

މިވަގުތު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތައް ހުރީ 2،541 ގައެވެ. އިއްޔެ ފެނުނު ކޮވިޑް ކޭސްތަކަށް ބަލާއިރު އަތޮޅުތެރޭ މީހުން ދިރިއުޅޭ ރަށްރަށުން ވަނީ ޖުމްލަ 60 ކޭސް ފެނިފައެވެ.

comment ކޮމެންޓް