މިއަދު ޕޮޒިޓިވްވީ 108 މީހުން، މާލެއިން 17 މީހުން

ޖުލައި 20، 2021: އަޟްހާ އީދުގައި މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ރޭގަނޑު 8 އަކަށް ފައިމަގުގައި އުޅުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 108 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 17 މީހުންނާއި އަތޮޅުތަކުން 60 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 28 މީހުންކަމަށެވެ. އަދި ލިވަބޯޑްސް އިން އެކަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ދެ މީހުންކަމަށެވެ.

މިއަދުގެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 77،202 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،541 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 14 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 74،429 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް