މީޓަރު ޕާކިން ސިސްޓަމަކީ ކުރިއަށް އަޅާ ފިޔަވަޅެއް: މޭޔަރު މުއިއްޒު

މާލޭ ސިޓީ ކަައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ --- ފޮޓޯ/ ސިޓީ ކައުންސިލް

މާލޭގައި ތައާރަފް ކުރުމަށް ނިންމާފައިވާ މީޓަރު ޕާކިން ސިސްޓަމަކީ މާލެ ޑިޖިޓަލްކުރުމުގެ ތެރެއިން ކުރިއަށް އަޅާ ފިޔަވަޅެއްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިރޭ "ސަން" އަށް ވިދާޅުވީ މީޓަރު ޕާކިން ސިސްޓަމް ބޭނުންކުރާއިރު އެކަން ކުރާނީ ބޭރުގެ ބޮޑެތި ގައުމުތަކުގައިވެސް މި ސިސްޓަމް ބޭނުން ކުރަމުން އަންނަ ގޮތް ބަލާ ދިރާސާކުރުމަށްފަހުކަމަށެވެ. އަދި މިކަން ކުރުމުގައި ކައުންސިލުން އެއްވެސް ހާލެއްގައި ކޮލެޓީ ދަށް ތަކެތި ބޭނުން ނުކުރާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ފަހަތަށް އަޅާ ފިޔަވަޅެއް ނޫން. ކުރިޔަށް ހަމަ، ޑިޖިޓަލް މާލެއަކަށް ހަދަން އަޅުގަނޑުމެންގެ އަމާޒަކީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ސިސްޓަަމަކީ މާލޭގެ ހުރިހާ ޕާކިން އަކަށް ބޭނުންކުރާނެ ސިސްޓަމެއް ނޫންކަމަށެވެ.

އެގޮތުން މި ސިސްޓަމް ބޭނުންކުރާނީ ސުޕާމާކެޓްތަކާއި އާންމު މުހިންމު ހިދުމަތްތައް ހޯދުމަށް ދާއިރު ވެހިކަލް ޕާކު ކުރުމަށް ދަތިކޮށް ހުންނަ ތަންތަނުގައި ކަމަށެވެ. އެއާއެކު އެ ތަންތަނުގައި ފައިސާ ދައްކައިގެން ވަކި ވަގުތަކަށް ޕާކުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމުން އާންމުންނަށްވެސްއެކަމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު މިކަމާ ގުޅޭގޮތުން މުއިއްޒު ކުރެއްވި ޓުވީޓުގައިވެސް ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އައި ފަރާތްތަކަށް އެކަން އޮޅުން ފިލުއްވައިދެއްވާ ޓުވީޓްވެސް ކުރައްވާފައެވެ.

https://twitter.com/MMuizzu/status/1420727615451668491?s=20

އެގޮތުން މި ޓުވީޓުގައިވެސް މޭޔަރު ވަނީ މިކަން ކުރުމުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތައް ކަމަށް ވިދާޅުވެފައެވެ. އަދި އައުޓް ޑޭޓެޑް ޑިޖިޓަލް ނޫން އެއްވެސް އެއްޗެއް މި މަސައްކަތުގައި ބޭނުން ނުކުރާނެކަމަށްވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް